ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިންއަޅާނުލާވަރަށް އާޓިސްޓުންނަށް މިސަރުކާރުން އަޅާލާ: މަހުލޫފް

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ފުރަތަމަ އާޓް ފެސްޓިވަލް މި ސަރުކާރުން ބޭއްވުމުން އެނގިގެންދަނީ ކުރިން އަޅާނުލާވަރަށް އާޓިސްޓުންނަށް މިސަރުކާރުން އަޅާލާކަން ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ފަރުމާ އިންޓަރނޭޝަނަލް އާރޓް ފެސްޓިވަލް ފެށުމުގެ ރަސްމިއްޔާތުގައި މަހްލޫފް ވިދާޅުވީ ޔޫތު މިނިސްޓްރީގެ މަސައްކަތަކީ ހަމައެކަނި ފުޓްސަލް ދަނޑުތައް އެޅުން ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވަމުންދާ ކަމަށެވެ.

މަހްލޫފް ވިދާޅުވީ ފާއިތުވެދިޔަ 4 އަހަރަށް ބަލާއިރު ޔޫތު މިނިސްޓްރީގެ ހަމައެކަނި މަސައްކަތަކީ ފުޓްސަލް ދަނޑު އެޅުން ނޫންކަން ސާބިތުކޮށްދެވިފައިވާ ކަމަށެވެ.

މިއަދު އަޅުގަނޑުމެން މިތާ އިހްތިފާލް ކުރަމުންދަނީ، މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ އިންޓަރނޭޝަނަލް އާޓިސްޓުންގެ ފެސްޓިވަލް. މީގެން މި ދައްކުވައިދެނީ މީގެ ކުރިން ސަމާލުކަމެއް ނުދެވި އޮތް ކަމަކަށް އަޅުގަނޑުމެން ސަމާލުކަންދީގެން މިދާއިރާގެ ފަންނުވެރިންނަަށް އެހީތެރިކަމާއި އެއްބާރުލުންދީގެން ކުރިއަށް ގެންދަން މަސައްކަތް ކުރަންބޭނުންވާކަން.

ފަރުމާ އިންޓަރނޭޝަނަލް އާރޓް ފެސްޓިވަލަކީ އާޓިސްޓުންގެ ކުރިއެރުމަށް އޮތް ފެށުމެއް ކަމަށް މަހްލޫފް ވިދާޅުވިއެވެ.

އާޓިސްޓުން ބޭނުންވާ ހިސާބަށް އެ ފަންނާނުންގެ ކަންކަން ނުގެންދެވޭ ކަމަށް މަހްލޫފް ވިދާޅުވިއެވެ. އަދި ފަރުމާ ފެސްޓިވަލާއެކު ގާއިމްވެފައިވާ ބްރިޖްގެ އެހީގައި ފަންނާނުންގެ ކަންކަން ފުރިހަމަކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ އާޓިސްޓް އެސޯސިއޭޝަން އާއި އެކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު ޕްރޮގްރާމްތައް ހިންގުމަށް އެއްބަސްވެވިފައިވާ ކަމަށެވެ. އެގޮތުން ބ ދަރަވަންދޫގައި އޭގެ ޕްރޮގްރާމެއް މި ފަހުން ހިންގިފައިވާ ކަމަށް މަހްލޫފް ވިދާޅުވިއެެވެ.

ފަރުމާ ފެސްޓިވަލްގައި 8 ގައުމަކުން 80 އަށްވުރެ ގިނަ ފަންނުވެރިން ބައިވެރިވެއެވެ.

ފަރުމާ އިންޓަރނޭޝަނަލް ފެސްޓިވަލަކީ ބައިނަލްއަގްވާމީ މިފަދަ ފުރަތަމަ ފެސްޓިވަލެވެ.

މި ފެސްޓިވަލް ކުރިއަށްދާނީ މި މަހުގެ 8 އިން 13 އަށް ސޯޝަލް ސެންޓަރުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: