ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް ޖަވާޒު

ޝެއާރކޮށްލާ ކަހަލަދޯ؟

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒު (ޖަވާ) ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަނުކުރައްވައިފިއެވެ.

ޔޫތް މިނިސްްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް ޖަވާޒު އައްޔަންކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

ޑެޕިއުޓީ މިނިސްޓަރުކަމަށް އައްޔަންކުރުމުގެ ކުރިން ޖަވާޒު ހުންނެވީ ފުޓްބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައެވެ. އެ މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. އޭނާ އެ މަޤާމުން އިސްތިއުފާ ދެއްވައި އެފްއޭއެމްގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖުގައި ވިދާޅުވެފައިވަނީ، އެފްއޭއެމްގައި އަދާ ކުރަމުން ދިޔަ މަޤާމުން އިސްތިއުފާ ދީފައިވާ ކަމަށެވެ.

އެފްއޭއެމްގައި ޖަވާޒު 24 އަހަރާއި ތިން މަސް ދުވަސް މަސައްކަތް ކުރައްވާފައިވެއެވެ.

ރައީސް އޮފީހުގައި ވެބްސައިޓްގައި ޑެޕިއުޓީ މިނިސްޓަރުންގެ މައުލޫމާތުތައް ހިމެނޭ ބައިގައި ޖަވާޒުގެ ނަން ހިމަނާފައިނުވާއިރު، އޭނާއާއި އެކު ޔޫތު މިނިސްޓްރީގައި 10 ޑެޕިއުޓީ މިނިސްޓަރުންނާއި ދެ ސްޓޭޓް މިނިސްޓަރުން ތިއްބަވަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: