ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުން ހުއްޓައެއް ނުލާ: އަސްވާޑު

ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ނޫސް މަޖައްލާތައް ދަފްތަރުކޮށްދިނުމުގެ މަސައްކަތްތައް ސަރުކާރުން ހުއްޓާލާފައިވާކަމަށް ދެކެވޭ ވާހަކަތައް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ދޮގުކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި، އެމަނިކުފާނުގެ ސިޔާސަތުތަކަށް ފާޑުކިޔައި ހަބަރުތައް ގެނެސްދެމުން ދިޔަ ދެ ވެބްސައިޓެއް ބްލޮކް ކުރި މައްސަލައެއް ފެންމަތިވެފައި ވަނިކޮށް ރޭގެ ވަގުތެއްގައި ބައެއް މީޑިއާތަކުން ވަނީ ނޫސް މަޖައްލާތައް ރެޖިސްޓްރީ ކުރުން ހުއްޓާލިކަމަށް ރިޕޯޓުކޮށްފަ އެވެ.

އެ ހަބަރުތައް ދޮގުކޮށް މިނިސްޓަރ ވިދާޅުވީ ހިނގަމުން މިދާ ޑިސެމްބަރު މަހު އެކަނިވެސް ހަ ނޫޙަކަށް ރެޖިސްޓްރީ ދީ ހުއްދަ ދޫކުރި ކަމަށެވެ. އަދި ދެ ނޫހަކަށް ހުއްދަ ދޫކުރުމަށް ކުރަން ޖެހޭ މަސައްކަތުގެ މަރުހަލާ ކުރިޔަށް ދާކަން ފާހަގަކޮށް ވިދާޅުވީ އާދީއްތަ ދުވަހު “މާދަމާ” ގެ ނަމުގައި ހިންގުމަށް ހުށަހެޅި ނޫހަކަށް ހުއްދަ ދިން ކަމަށެވެ.

ވެބްސައިޓުތަކުގެ މައްސަލައިގައި ސަރުކާރުން ބުނެފައި ވަނީ، ރެޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހަކަށް ހުރަސްއަޅައި ބްލޮކް ނުކުރާނެ ކަމަށެވެ. އަދި ބްލޮކް ކުރި މައްސަލައިގައި އަމާޒުވާ ފާޑުކިއުންތަކަށް ސަރުކާރުގެ ޗީފް ތަރުޖަމާނު މުހައްމަދު ޝަހީބް ވިދާޅުވީ ހަބަރު ލިޔާ ކޮންމެ ނޫހަކީ ނޫސް މަޖައްލާއެއް ނޫން ކަމަށެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ޖާގަ، ސަރުކާރުން ކޮންމެ މީޑިއާއަކަށް ވެސް ދޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވެއެވެ.

 

 

 

 

 

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: