ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުނާމީގެ ކާރިސާއިން އަރައިގަނެވުމުގެ އަސްލަކީ އެއްބައިވަންތަކަން: އަސްވާޑު

ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ސުނާމީގެ ކާރިސާއިން އަރައިގަނެވިފައިވަނީ ދިވެހި ރައްޔިތުންގެ ތެރޭގައި އޮތް އެއްބައިވަންތަކަމުގެ ސަބަބުންކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ.

ގައުމީ އެއްބައިވަންތަކަމުގެ ދުވަހު މުނާސަބާގައި އަސްވާޑުވަނީ ހާއްސަ މެސެޖެއް ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ، މިއަދަކީ މީގެ 19 އަހަރު ކުރިން ވަރަށް ހިތާމަވެރި ކާރިސާއެއް ކުރިމަތިވެގެންދިޔަ ދުވަސްކަމަށެވެ. އަސްވާޑު ވިދާޅުވީ، ކާރިސާ ކުރިމަތިވެގެންދިޔައީ ހެނދުނުގެ ވަގުތެއްގައިކަމަށާއި އެ ދުވަހަކީ ދިވެހިންނަށް އަލަށް ”ސުނާމީ“ އެ ބަސް އަޑުއިވިގެންދިޔަަ ދުވަސްކަމަށްވެސް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުންދަނީ އެތަކެއް ފުރާނައެއް ވަކިވެގެންދިޔަ ކާރިސާ ކުރިމަތިވި ދުވަސްކަމަށެވެ. އަދި އެ ދަތިކަމުގެ ތެރެއިން ދިވެހިރާއްޖެއަށް އަރައިގަނެވިފައިވުމުގެ އަސްލަކީ ދިވެހި ރައްޔިތުންގެ ތެރޭގައި އޮތް އެއްބައިވަންތަކަންކަމަށްވެސް ހިއްސާކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެދުވަހަށް ފަހު 19 އަހަރު ކަޑައްތުކުރަމުންދާއިރު މިއަދުވެސް ދަސްކުރަމުންދަނީ ހަމަ އެ ފިލާވަޅުކަމަށެވެ. އަސްވާޑު ވިދާޅުވީ، އެ ފިލާވަޅަކީ، ބޮޑު ގައުމީ ކާރިސާ އަދި ވަކި ވަކި ފަރުދުންނަށް ދިމާވާ ކަންކަމުގައިވެސް ކުރިއަށް ދެވޭނީ އެއްބައިވަންތަކަން އިސްކޮށްގެން ކަން ކަމަށެވެ. އެހެންކަމުން މިއަދު ދިވެހިން އެ ފިލާވަޅު އަލުން ތަކުރާރުކޮށް ހަނދާންކޮށްލުމަށް އެދިވަޑައިގަންނަވާކަަމަށާއި މި ދުވަހުގެ ހަނދާންތަކުގެ އިބުރަތް ހާސިލުކުރުމަށް ދިވެހި ޒުވާނުންނަށް އެދިވަޑައިގަންނަވާކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދިވެހި މުޖުތަމައުގެ ކަންކަމުގައި ކުރިއަށް ދާއިރު، އެއްބައިވަންތަކަން އިސްކުރުމަށް އިލްތިމާސް ކުރައްވާކަމަށެވެ. އަދި އެ ދުވަހުގެ ހަނދާންތަކުން އިބުރަތްތައްވެސް ހާސިލުކުރުމަށާއި ދިވެހި ޒުވާނުނަކީ އެއްބައިވަންތަ އެކަކު އަނެކާއަށް އަޅާލާ ބަޔަކަށް ވުމަށްވެސް މި މުނާސަބާގައި އެދިވަޑައިގަންނަވާކަަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: