ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫތު މިނިސްޓްރީން ހަފްތާ 14 ގައި ކުރަން ހުރި މަސައްކަތްތައް ނިންމާލައިފި

ވަޒީރުންގެ މަޖިލީހުގައި ޔޫތް މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑު) - ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫތު މިނިސްޓްރީން ހަފްތާ 14 ގައި ކުރަން ހުރި މަސައްކަތްތައް ކާމިޔާބުކަމާއެކު ނިންމާލައިފައިވާ ކަމަށް މިނިސްޓަރ އިބްރާހިމް ވަހީދް ވިދާޅުވެއްޖެއެވެ.

ޔޫތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްވާޑް ވިދާޅުވީ އެ މިނިސްޓްރީން ހަފްތާ 14 ގައި ކުރަން ހުރި މަސައްކަތްތައް ނިންމާލީ ކާމިޔާބު ކަމާއެކު ކަމަށާއި އެކަމަށް ދިވެހި ޒުވާނުން ހެކިވާނެ ކަމަށެވެ. އަދި މި މަސައްކަތް ނިމުނުއިރު އެކަމުގެ ފޮނިމީރުކަން ދިވެހި ޒުވާނުންނަށް ވާނީ ހާސިލްކުރެވިފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަސްވާޑް ވިދާޅުވީ މައިގަނޑު ގޮތެއްގައި ކުރި މަސައްކަތްތަކުގެ ތެރޭގައި ޓެކްނޮލޮޖީގެ ދާއިރާއާއި ގުޅުންހުރި މަސައްކަތްތައް ހުރި ކަމަށެވެ. އޭގެތެރޭގައި އެމްކިއުއޭ ގަބޫލުކުރާ ޕްރޮގްރާމްތައް ހުރުމާއި، ދިވެހި ޒުވާނުންނަށް ކޯޑިންގެ ދާއިރާއަށް ނެރުމަށް ހާއްސަ ހަރަކާތެއް ހިންގުން ހިމެނޭކަމަށެވެ. ކޯޑިންގެ ދާއިރާއަށް ޒުވާނުން ނެރުމަށް 30 ގަޑިއިރަށް ދިގުދެމިގެން ދިޔަ އެ އިވެންޓުގައި ޖުމްލަ 44 ބައިވެރިންގެ ތެރެއިން 14 ބައިވެރިންނަކީ އަންހެނުން ކަމަށް އަސްވާޑް ފާހަގަކުރެއްވިއެވެ.

އެ ހަރާކާތް ކުރިއަށް ގެންގޮސް ނިންމާލުމަށްފަހު އޭގެން ލިބުނު ފީޑްބެކްއަށް ބަލައި އިތުރަށް ކުރަންހުރި މަސައްކަތްވެސް ކޮށްފައިވާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ލިބުނު ފީޑްބެކްގެ ތެރޭގައި ފާހަގަކުރެވޭ ކަމެއް ގޮތުގައި އަސްވާޑް ވިދާޅުވީ އަހަރަކު އެއްފަހަރަކު “ޔޫތު ހެކް” ބާއްވާއިރު އޭގެ ޕިޗްތަކަށް މުސްތަގުބަލެއް ނުލިބޭ ކަމުގެ ވާހަކަ ކަމަށެވެ.

“އަޅުގަނޑުމެން ވާނެ ރާއްޖޭގެ ވިޔަފާރިވެރިންނަށް ދައުވަތުދީ އެބޭފުޅުންވެސް ވަޑައިގެންނެވި. އަދި ވަރަށް ޕޮޒިޓިވްކޮށް އެކަން ކުރިއަށް ގެންދިޔަކަންވެސް ފާހަގަކުރަން. ރާއްޖޭގެ ޓެކް އިންޑަސްޓްރީގެ އެންމެ ފުންނާބު އުސް ފަރާތްތައް ބައިވެރިވެވަޑައިގަތްކަޏް އުފަލާއެކު ފާހަގަކުރަން” އަސްވާޑް ވިދާޅުވިއެވެ.

“ވިމެން އިން ޓެކް” ގެ ބޭފުޅުންނާއި އަދި ޓެކް ދާއިރާގައި ފުންނާބުއުސް ބޭފުޅުންނާއި، ރައީސް އޮފީހުގެ ޓީމަކާއި، ހޯމް މިނސްޓަރ މިނިސްޓަރ އާއި އެކު ބައްދަލުވުމެއް ރައީސް އޮފީހުގައިވެސް ބާއްވާފައިވާނެ ކަމަށް އަސްވާޑް ވިދާޅުވިއެވެ. އެ ބައްދަލުވުމުގައި ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަށްދެވޭނެ ގޮތްތަކާއި މެދު މަޝްވަރާ ކުރެއްވިކަމަށާއި އަދި އެކަމުގައި ދިމާވާ ގޮންޖެހުންތަކާއި އެބޭފުޅުންގެ ހިޔާލު އެކަމުގައި ހުރި ގޮތް ހޯދާފައިވާނެ ކަމަށް އަސްވާޑް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: