ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާ ވިލެޖު ހެދުމަށް މަސައްކަތްތައް ފައްޓައިފި!

މިނިސްޓަރު އަސްވާޑު އާބަންކޯގެ ޓީމާއި ބައްދަލުކުރެއްވުން: ފޮޓޯ/ ޔޫތު މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމެންޓު އިންފޮރމޭޝަން އެންޑް އާޓްސްއިން މީޑިއާ ވިލެޖް ހެދުމަށް ބޭނުންވާ ބިން ކަނޑައެޅުމުގެ މަސައްކަތްތައް ފައްޓައިފިއެވެ.

ޔޫތު މިނިސްޓްރީއިން ހިއްސާކޮށްފައިވާގޮތުން، ވިލެޖު ބިނާކުރުމަށް ބޭނުންވާ ބިން ކަނޑައެޅުމުގެ މަސައްކަތްތަކަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނައިގެން ކުރެވެމުންދާ މަސައްކަތްތަކެކެވެ. އަދި އެކަން ކުރުމަށްޓަކައި މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) އާބަންކޯގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުއާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައިވާކަމަށް ހިއްސާކޮށްފައިވެއެވެ.

މިނިސްޓްރީއިން ބުނެފައިވާގޮތުން ރައީސް މުއިއްޒުވަނީ ދައުލަތުގެ ބަޖެޓުން ނޫސް މީޑިއާތަކަށް ވަކި މިންވަރެއް ދިނުމާއި މީޑިއާ ވިލެޖެއް ހެއްދެވުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވުމަށްވެސް ނިންމަވާފައެވެ. އަދި އެކަން ކުރުމަށް ނިންމަވާފައިވަނި ޒުވާނުން ބާރުވެރިކުރުމަށްކަމަށާއި ނިންމެވުމަކީ ކެބިނެޓުގެ ލަފާ އާއި މަޝްވަރާގެ މަތިން އެޅުއްވި ފިޔަވަޅެއްކަމަށްވެސް ބުނެފައިވެއެވެ.

އާބަންކޯ އާއި އެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި މިނިސްޓަރު އަސްވާޑުވަނި ވިލެޖު ބިނާކުރުމަށް އެންމެ އެކަަށީގެންވާ ބިނެއް ހަމަޖެއްސުމާއި ގުޅޭ މައުލޫމާތު ސާފުކުރައްވފައެވެ. އަދި އެކަމުގެ ސަބަބުން އާމްދަނީ އިތުރުވެގެންދާނެ ގޮތްތަކާއި މީޑިއާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރެއްވިކަމަށްވެސް މިނިސްޓްރީއިން ބުނެފައިވެއެވެ.

މީޑިއާ ވިލެޖެއް ހެއްދެވުމުގެ އިތުރުން، ދައުލަތުގެ ބަޖެޓުން ފައިސާގެ ވަކި އިންސައްތައެއް މީޑިއާތަކަށް ކަނޑައެޅުމާ ބެހޭގޮތުން ވެސް ކެބިނެޓްގައި ވަނީ މަޝްވަރާތައް ކުރެވިފައިވާއިރު އެގޮތުން މީޑިއާ ވިލެޖް އެކުލަވާލުމަށް ކުރަން ޖެހޭ މަސައްކަތްތައް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކުރިއަށްގެންދިއުމަށް ނިންމަވައި ބަޖެޓްގެ އިންސައްތައެއް މީޑިއާތަކަށް ކަނޑައެޅުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް މިނިސްޓްރީއާއި ހަވާލުކުރެވިފައިވާކަންވެސް ހިއްސާކޮށްފައިވެއެވެ.

މިނިސްޓްރީއިން ބުނެފައިވާގޮތުން ވިލެޖު ހަދާނެ ބިމެއް ކަނޑައެޅުމާއި ބިން ޔުޓިލައިޒް ކުރާނެ ގޮތާއި މީޑިއާތަކަށް އިންސާފުވެރިކޮށް ބަހާނެ ގޮތް ނިންމުމަށް ވެސް ކަމާ ބެހޭ އިދާރާތަކާއިއެކު ދަނީ މަޝްވަރާ ކުރެވެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: