ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީނީ މަގުގެ މަސައްކަތް ކުރިޔަށް ދާ ގޮތުގެ ސަބަބުން، އެތައް ގެއްލުންތަކެއް ދަނީ ލިބެމުން: މުއިއްޒު

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން މާލެ ސިޓީ ކައުންސިލުން ދެމުންދާ އިރުޝާދުތަކާއި މަޝްވަރާ ބަލައިނުގަންނަކަމަށް ސިފަކުރައްވާ މޭޔަރ ޑރ މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މާލޭގެ އަމީނީ މަގު ހެދުމުގެ މަޝްރޫޢު ދިގުލައި ދިއުމުގެ ސަބަބުން އާންމުނަށް ވަނީ އެތައް ދަތިތަކެއް ކުރިމަތިވެފައެވެ. އަދި ސަރުކާރުގެ އެއް މުއައްސަސާއިން އަނެއް މުއައްސަސާ އަށް މަސައްކަތްތައް ހަވާލު ކުރަމުންދާއިރުވެސް މަސައްކަތްތައް ފުރިހަމަ ކުރެވިފައިނުވާކަމަށްވުމުންވެސް އާންމުންނާއި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތައްވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަމީނީ މަގުގެ މައްސަލައަށް އަލިއަޅުއްވައި ކުރެއްވި ޓްވީޓެއްގައި މޭޔަރ ވިދާޅުވީ، ސަރުކާރުން އެ މަގުގެ މަސައްކަތްތައް ކުރުމުގެ ތެރެއިން އަމަލުކުރަމުންދާ ގޮތުގެ ސަބަބުން އާންމުނަށް އެތައް ތަކުލީފުތަކަކާއި ކުރިމަތިލާންޖެހިފައިވާކަމަށެވެ. މުއިއްޒު ވިދާޅުވީ، އެ މަގުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮ ކަމަށް އަސަރުކުރަމުންދާކަމަށެވެ.

މޭޔަރ ވިދާޅުވީ، އެ ނޫންވެސް އެތައް ގެއްލުންތަކެއް އާންމުނަށް ލިބިފައިވާކަމަށެވެ. އަދި އެ ވާހަކަތައް ކައުންސިލާއި ހިއްސާކުރަމުންދާކަމަށާއި އެހެންކަމުން އެންމެ ފަހަރަކު ނަމަވެސް ކައުންސިލުގެ މަޝްވަރާ ބަލައިގަނެ އަޑު އެހުމަށް ސަރުކާރަށް އެދިވަޑައިގަންނަވާކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.

އަމީނީ މަގުގެ މައްސަލައިގައި މޭޔރ މުއިއްޒުގެ ކަންބޮޑުވުންތައް ހާމަކުރައްވާފައިވާއިރު، އެ މަސައްކަތްތައް މާލެ ސިޓީ ކައުންސިލުގެ އަތުން ނެގުމަށްފަހު އާރްޑީސީ އާއި ހަވާލު ކުރެވިފައިވެއެވެ. އަދި ނުނިމުމުގެ ސަބަބުން އެމްޓީސީސީގެ ބެލުމުގެ ދަށަށް މަޝްރޫޢު ހަވާލު ކުރެވުނު ނަމަވެސް އަދިވެސް ނިމިފައިވަނީ މަގުގެ ކުޑަ ހިސާބެއްކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: