ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫ އިން މާލެ ސަރަހައްދުގައި ދިރިއުޅޭ ބިދޭސީންނަށް އިފްތާރު ހަދިޔާ ކުރެވޭނެ ގޮތް ހަދައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫގެ މިޝަން ފޯ މައިގްރެންޓް ވޯކަރސް މޯލްޑިވްސްއާ ގުޅިގެން ގްރޭޓަރ މާލެ’ ސަރަހައްދުގައި ދިރިއުޅޭ ބިދޭސީންނަށް އެމް-ފައިސާ މެދުވެރިކޮށް އިފްތާރު ހަދިޔާ ކުރެވޭނެ ގޮތް ހަދައިފިއެވެ.

ރަމަޟާން މަހަކީ ދިނުމުގެ މަހަކަށް ވާތީ، މި އިސްނެގުމުގައި އުރީދޫގެ މައިގަނޑު އަމާޒަކީ، އެކްސްޕެޓް ކޮމިއުނިޓީގެ ތެރެއިން އެންމެ ބޭނުންވާ މީހުންނަށް ކަސްޓަމަރުންނަށް ފަސޭހައިން ހަދިޔާ ކުރެވޭނެ ގޮތް ހެދުމެވެ. އުރީދޫ އެމްފައިސާ މެދުވެރިކޮށް އިފްތާރު ހަދިޔާ ކުރުމަށް އުރީދޫ އެޕަށް ލޮގިން ވެލުމަށްފަހު ޑޮނޭޓް އިފްތާރް ނެންގެވުމަށްފަހު ބޭނުންވާ އަދަދު ޖެއްސެވުމަށްފަހު ޕޭމަންޓް ކޮންފާމް ކޮށްލުމުން އިފްތާރު ހަދިޔާ ކުރެވޭނެއެވެ. އިފްތާރު ޕެކެއްގެ އަގަކީ 50 ރުފިޔާއެވެ.

އުރީދޫގެ އަމާޒަކީ މުޖުތަމައަށް ފައިދާ ކުރުވަނިވި އިޖްތިމާއީ އަދި އިގްތިސާދީ ކަންކަމުގައި އެހީތެރިވެ ހިތްވަރު ދިނުން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: