ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުގެ މެމްބަރުން މިފަހަކަށް އައިސް އާންމުކޮށް ބަސްތަކަށް ހުރަސް އަޅާ: އާދަމް އާޒިމް

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޓީސީސީން ފޯރުކޮށްދެމުން ގެންދާ އާންމު ބައެއް ހިދުމަތްތަކަށް އިދިކޮޅު ފަރާތްތަކުން ހުރަސް އަޅަމުންދާ ކަމަށް ބުނެ އެ ކުންުނީގެ ސީއީއޯ އާދަމް އާޒިމް ކަންބޮވުން ފާޅުކޮށްފިއެވެ.

އާޒިމް ވަނީ ސޯޝަލް މީޑިއާގައި މީހަކު ހިއްސާކޮށްފައިވާ ވީޑިއޯއެއް ފާހަގަކުރައްވާފައެވެ. އެ ވީޑިއޯގައި ފެނިގެންދާގޮތުން އެމްޓީސީސީގެ ބަސް ބޭރު މަގުން ދަތުރު ކުރަމުންދިޔަ އިރު، އިދިކޮޅުގެ އެކްޓިވިސްޓުންތަކެއްވަނީ ބަސް ކުރިމައްޗަށް އަރައި އެ ބަހަށް ދަތުރު ކުރުމުން ހުރަސްއަޅާފައެވެ.

އާޒިމް ވަނީ މި މައްސަލައިގައި ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، އެ ކުންފުނިން ދެމުންދާ ބަހުގެ ހިދުމަތްތަށް ހުރަސް އެޅުމަކީ މިފަހަކަށް އައިސް އިދިކޮޅު މެމްބަރުންގެ ފަރާތުން އާންމު ގޮތެއްގައި ފާހަގަކުރެވެމުންދާ އަމަލެއްކަމަށެވެ.

އޭނާ ވިދާޅުވީ، އިދިކޮޅުގެ މެމްބަރުން އަމަލުކުރަމުންދާގޮތުން އެ ކުންފުނީގެ ބަހުގެ ހިދުމަތްތައް ހޯދައި ވަގުތަށް ތަންތަނަށް ދިއުމަށް މަސައްކަތްކުރާ ފަރާތައް ގަޑިޔަށް ފޯރުކޮށްދިނުމުގައި ދަތިތައް ދިމާވެގެންދާކަމަށެވެ. އަދި އެ ކުންފުންޏަށް މި އަމަލުތަކުގެ ސަބަބުން ބޮޑެތި ދަތިތައް ކުރިމަތިވާކަމަށްވެސް އާދަމް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އޭނާވަނީ އިދިކޮޅުން ހިންގަމުންދާ އަމަލުތައް ހުއްޓާލަންޖެހޭކަމަށް އިޝާރާތްކުރައްވާފައެވެ. އޭނާ ވަނީ ޕަބްލިކް ޓްރާންސްޕޯޓަށް ހުރަސް ނޭޅުމަށް އިލްތިމާޒްކުރައްވާފައެވެ. އަދި ފުލުހުންވެސް އެފަދަ އަމަލުތައް ހިންގަމުންދާ ފަރާތްތައް އިސްލާހުކޮށްދެއްވުމަށް އާދަމް އެދިވަޑައިގަތެވެ.

އިދިކޮޅުގެ މެމްބަރުން އެމްޓީސީސީގެ ބަހަކަށް ހުރަސް އެޅި މައްސަލައިގައި އާދަމް އާޒިމްގެ ކަންބޮޑުވުންތައް ފާޅުކުރައްވާފައިވާއިރު، ދާދި ފަހުންވެސް އިދިކޮޅުގެ މެމްބަރުންތަކެއްވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދަތުރުކުރައްވަމުންދިޔަ މޮޓޯރކޭޑަށް ހުރަސް އަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: