ދަރަނި ރީސްޓްރަކްޗާ ކުރުން ފަދަ މުހިންމު ކަންކަންމާއިމެދު ވީ ޓްވެންޓީގެ ގައުމުތަކާއިއެކު މަޝްވަރާކުރައްވާފައިވާކަމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ޔޫރަޕިއަން އިންވެސްޓުމެންޓު ބޭންކުގެ ރައީސް އާއިއެކު އުފެއްދުންތެރި ބައްދަލުވުމެއް ކުރިއަށް ގެންދެވިކަމަށެވެ. އަދި އެމަނިކުފާނު އެހެނިހެން ގައުމުތަކުގެ އިސްވެރިންނާއިވެސް ބައްދަލުކުރެއްވިކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
Very productive meeting with the president of European Investment Bank and colleagues here in Washington DC.Discussed key issues including local currency financing, restructured debt guarantees for @v20group nations, and listing Climate Prosperity Plan projects on stock exchanges pic.twitter.com/5evhT482JV
— Mohamed Nasheed (@MohamedNasheed) April 14, 2023
ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު އަދި ބައިވެރިންވަނީ ހައްލު ކުރަންޖެހިފައިވާ މުހިންމު މައްސަލަތަކާއިމެދު މަޝްވަރާކުރައްވާފައިކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، ލޯކަލް ކަރަންސީ ފައިނޭންސިންގް ގެ މައްޗަށް އަލިއަޅުއްވައި ވާހަކަދެއްކެވިއިރު، ދަރަނި ރީސްޓްރަކްޗާކޮށްގެން އަދާ ކުރުމާއި މޫސުމީ ކަންކަމުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގައި ބައްދަލުވުމުގެ ބައިވެރިންނާއިއެކު ދަރަނި ރީސްޓްރަކްޗާ ކުރުމާއިމެދުވެސް މަޝްވަރާތައް ކުރައްވާފައިވާކަން ރައީސް ނަޝީދު ހިއްސާކުރެއްވިއިރު، އެމަނިކުފާނު އަދި އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ފެކްޝަނާއިމެދު އުފެދިފައިވާ މައްސަލަތަކުގެ ތެރޭގައި ބައެއް މެމްބަރުންވަނީ ރީސްޓްރަކްޗާ ކުރެއްވުމުގެ ވާހަކަ އެމަނިކުފާނު ތަކުރާރުކުރައްވަނީ ގައުމު ބަނގުރޫޓުކޮށްލެވުމުގެ ނިޔަތުގައިކަމަށް ތުހުމަތުކުރައްވާފައެވެ.

