ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެއާޕޯޓުގެ އެއްވެސް މަސައްކަތަކަށް ބުރުލެއް ނާރާނެ: އެމްއޭސީއެލް

އެއާޕޯޓުގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެއާޕޯޓުގެ އެއްވެސް މަސައްކަތަކަށް ބުރޫ ނާރާނެކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެމްއޭސީއެލް އިން މީޑިއާތަކަށް މައުލޫމާތުދީފައިވާ ގޮތުގައި މި ހާދިސާ ހިނގުމަށް މެދުވެރިވީ ތާރުއެޅުމަށް ބޭނުންކުރަމުން އަންނަ މެޝިނެއްގައި ރޯވުމުގެ ސަބަބުންނެވެ.

އެމްއޭސީއެލް އިން އިތުރަށް ބުނެފައިވަނީ މިހާރު އަލިފާން އެއްކޮށް ކޮންޓްރޯލް ކުރެވިފައިވާކަމަށާއި، މި ހާދިސާގެ ސަބަބުން ވީއައިއޭގެ އެއްވެސް އޮޕަރޭޝަނަކަށް ބުރޫ ނާރާނެކަމަށެވެ. އަލިފާންގަނޑު ނިންވާލާފައިވަނީ އެއާޕޯޓުގެ ފަޔާ އެންޑް ރެސްކިއުގެ ހާއްސަ ޓީމްއަކުންނެވެ.

އެމްއޭސީއެލް އިން މީޑިއާތަކަށް މައުލޫމާތުދީފައިވާ ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއްނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: