ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

6,000 ރުފިޔާގެ އެލަވަންސެއް ލިބޭ ގޮތަށް އަރބަންކޯއިން އެޕްރެންޓިސްޝިޕް ފުރުސަތު ހުޅުވާލައިފި

އަރބަންކޯގެ ހެޑް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އައު ހުނަރުތައް ތަރައްގީކުރުމާއި، ވަކި މަސައްކަތުގެ ދާއިރާތަކުން ޚާއްސަވުމަށް އެދޭ ފަރާތްތަކަށް ތައުލީމުގެ އިތުރަށް މަސައްކަތު މާހައުލުން ތަމްރީން ހޯދައިދިނުމުގެ އަމާޒުގައި، އަރބަންކޯއިން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޖުމްލަ ހަ ދާއިރާއަކުން މި އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ފުރުސަތު ހުޅުވާލެވިފައިވާއިރު، ޖުމްލަ 100 ބައިވެރިންނަށް މި ޕްރޮގްރާމުގައި ބައިވެރިވެވޭނެކަމަށް އާރބަންކޯއިން ވަނީ ބުނެފައެވެ. އަދި އެއީ އާންމުންގެ ތެރެއިން 82 ފަރާތާއި އަރބަންކޯގެ މުވައްޒަފުންނަށް ޚާއްސަކުރެވިފައިވާ 18 ޖާގަކަމަށް ކުންފުނިން މައުލޫމާތުދީފައިވެއެވެ،

އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށްގެންދާ ދާއިރާތަށް:

  • ފިޝަރީޒް އެންޑް އެގްރިކަލްޗަރ
  • ސޯޝަލް ސެކްޓަރ
  • އައިސީޓީ
  • ޓްރާންސްޕޯޓް ސެކްޓަރ
  • ޓުއަރިޒަމް ސެކްޓަރ
  • ކޮންސްޓްރަކްޝަން ސެކްޓަ

މި ހަ ދާއިރާގެ ދަށުން، ތަފާތު އެކި ޓެކްނިކަލް މަސައްކަތްތައް ދަސްކޮށްދޭ ޕްރޮގްރާމްތައް ހިމެނިފައިވާއިރު، އޭގެ ތެރޭގައި ޖުމްލަ 12 މަސައްކަތް ހިމެނޭނެކަމަށް އަރބަންކޯއިން ބުނެފައެވެ. ދަނޑުވެރިކަމާއި، ކޮމްޕިއުޓަރ ހާޑްވެއަރ، ހެވީ ވެހިކަލް އޮޕަރޭޝަންސް، އަދި ވެލްޑިންއާއި ކޮންސްޓްރަކްޝަން ސައިޓް ސުޕަވައިޒިން ފަދަ އާންމުކޮށް ދިވެހިން ނުފެންނަ މަސައްކަތްތަކުން ތަމްރީން ހޯދުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އަރބަންކޯއިން ބުނެފައިވެއެވެ.

އަރބަންކޯއިން އިން އިތުރަށް ބުނެފައިވަނީ މި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި މި ދާއިރާތަކުން ތައުލީމުގެ އިތުރަށް ވަޒީފާގެ ތަޖުރިބާވެސް ލިބިގެންދާނެކަމަށެވެ. އަދި 6 މަސްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް އެ މުއްދަތުގެ ތެރޭގައި ޚާއްސަ އެލަވަންސެއްގެ ގޮތުން ކޮންމެ ބައިވެރިއަކަށް 6،000 ރުފިޔާ ލިބެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މެއި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ. ޖޫން މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް މި ޕްރޮގްރާމް ކުރިއަށްދާއިރު، މީގެ ބައިވެރިންނަށް ސެޓްފިކެޓު ހާސިލްވުމާއި އެކު، ހޮވޭ ފަރާތްތަކަށް އަރބަންކޯގައި މަސައްކަތްކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށް ކުންފުނިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: