ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދުގެ ސެކިއުރީޓީ ދަށްކުރުމަށް މަސައްކަތްކުރުމަށްފަހު، ރޮޒައިނާ މިހާރު އުޅެނީ އަމިއްލަ ސެކިއުރިޓީ މަތިކުރަން: ހާމިދު އަބްދުލް ގަފޫރު

ކުރީގެ މެމްބަރު ހާމިދު އަބްދުލް ގަފޫރު: ފޮޓޯ/ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ދަށްކުރުމަށްފަހު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މަސައްކަތްކުރައްވަމުންދަނީ އަމިއްލަ ސެކިއުރިޓީ މަތިކުރެއްވުމަށްކަމަށް ފާހަގަކުރައްވާ ޕޮލިސް ބޯޑުގެ މެމްބަރު ހާމިދު އަބްދުލް ގަފޫރު ފާޑުވިދާޅުވެއްޖެއެވެ.

ހާމިދު އަބްދުލް ގަފޫރަކީ އެމްޑީޕީގެ ކުރީގެ ބައިނަލްއަގުވާމީ ސްޕޯކްސް ޕާސަންގެ އިތުރުން މަޖިލީހުގެ މެމްބަރުކަން އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ރޮޒައިނާއަށް ފާޑުވިދާޅުވެ ޓްވީޓެއްކުރައްވާފައިވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ތިރިކުރުމަށް ވަކާލާތުކުރެއްވުމުގެ ތެރެއިން ޗެއަރޕާސަންގެ މަގާމަށް ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެމްބަރު ކުރެއްވި ތުހުމަތަކާއި ގުޅިގެން ފުރާނައަށް ނުރައްކާވެފައިވާކަމަށް ވިދާޅުވެ، އިމްތިޔާޒުގެ މައްސަލަ ރޮޒައިނާ ފުލުހުންގެ މުއައްސަސާއަށް ހުށައެޅުއްވުމާއި ގުޅިގެންނެވެ.

އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދެމެދު އުފެދިފައިވާ މައްސަލަތަކުގެ ތެރެއިން އެ ފެކްޝަނުންދަނީ އަނެއް ފެކްޝަނުގެ މެމްބަރުންނަށް ބަހުގެ ހަމަލާތައް ރައްދުކުރަމުންނެވެ. ދާދި ފަހުން ރައީސް ސާލިހަށް ތާއީދުކުރައްވާ މެމްބަރުންވަނީ ރައީސް ނަޝީދަށް ދައުލަތުން ކުރަމުންދާ ސެކިއުރިޓީ ހަރަދު ބޮޑުކަމަށް ފާހަގަކޮށް އެކަމާއި ދެކޮޅަށް ތިއްބެވިކަން ހާމަކުރައްވާފައެވެ.

ރައީސް ނަޝީދަށް ތާއީދުކުރައްވާ މެމްބަރުންވަނީ ރައީސް ސާލިހަށް ތާއީދުކުރައްވާ މެމްބަރުގެ މައްޗަށް ރައީސް ނަޝީދަށް ހަމަލާއެއް ދިނުމަށް ހިތްވަރު ލިބިގެންދާގޮތަށް އަމަލުކުރައްވަމުންދާކަމުގެ ތުހުމަތުކުރައްވާފައެވެ. އަދި ފުލުހުންގެ މުއައްސަސާގައި އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދިވަޑައިގެންފައެވެ. އިމްތިޔާޒްގެ ފުލުހަށް ވަޑައިގަތުމާއިއެކު މެމްބަރު ރޮޒައިނާވެސް ވަނީ އިމްތިޔާޒްގެ މައްސަލައެއް ހުށައަޅުއްވާފައެވެ. އެގޮތުން އިންތި ހުށައެޅުއްވި މައްސަލައިގެ ސަބަބުންނާއި އެ ތުހުމަތުތަކުގެ ސަބަބުން އޭނާގެ ފުރާނައަށް ނުރައްކާވެފައިވާކަމަށް އޭނާ ފާހަގަކުރައްވާފައިވެއެވެ

އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ މައްސަލަތަކަށް އަލިއަޅުއްވައި ކުރެއްވި ޓްވީޓެއްގައި ހާމިދުވަނީ ރޮޒައިނާއަށް ފާޑުވިދާޅުވެފައެވެ. އޭނާ ރޮޒައިނާ ސިފަކުރެއްވީ ޒިންމާދާރުކަން ކުޑަ އަޑު ގަދަ މެމްބަރެއްގެ ގޮތުގައެވެ.

އޭނާ ވިދާޅުވީ، ރޮޒައިނާގެ މައްޗަށް ކުރެއްވިފައިވާ ތުހުމަތަކީ ރައީސް ނަޝީދަށް ދެމުންދާ ރައްކައުތެރިކަމުގެ މިންގަނޑުތައް ދަށްކުރެއްވުމަށް މަސައްކަތްކުރެއްވުންކަމަށެވެ. ހާމިދު ވިދާޅުވީ، ދަށްކުރުމަށް މަސައްކަތްކުރައްވަމުންދަނީ ދާދި ފަހުން ބޮމުގެ ހަމަލާއެއްގެ ޝިކާރައަކަށް ވެވަޑައިގެންފައިވާ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމުހޫރިއްޔާއެއްގެ ސެކިއުރިޓީގެ މިންގަނޑުތައްކަމަށެވެ. އެހެންނަމަވެސް މިހާރު އާދަޔާ ހިލާފުކަމެއް ވެފައިވާކަމަށާއި، ރައީސް ނަޝީދުގެ ސެކިއުރިޓީ ދަށްކުރުމަށް އެދިވަޑައިގަތުމަށްފަހު މިހާރު ރޮޒައިނާ ސެކިއުރިޓީއަށް އެދިވަޑައިގެންފައިވާކަމަށް އޭނާ އިޝާރާތްކުރެއްވިއެވެ.

ރައީސް މުހައްމަދު ނަޝީދަށް ދައުލަތުން ދެމުންދާ ރައްކައުތެރިކަމާއިމެދު އެމްޑީޕީގެ އިސް ސަފުގައި ތިއްބަވާ މެމްބަރުގެ ދެމެދު ބޮޑެތި މައްސަލަތަކެއް އުފެދިފައިވާއިރު، ހަމަލާއަށް ގިނަ ދުވަސްތަކެއް ވެފައިވާއިރު، އަދިވެސް އެކަމުގެ އެންމެ ފުނާއި ހިސާބަށް ވާސިލުވެ، އެކަމުގެ ފަހަތުގައިވާ ހަގީގަތްތައް ރައްޔިތުންނަށް ހާމަކޮށްފައިނުވެއެވެ. ދީނީ ކަންކަމާއި ގުޅުން ހުރިކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން އެކި ފުރުސަތުތަކުގައި ފާހަގަކުރައްވާފައިވާނަމަވެސް، ބައެއް ފަރާތްތަކުން އެކަމުގެ ފަހަތުގައި ސިޔާސީ މަގުސަދުތަކެއް ވާކަމަށްވެސް ތުހުމަތުތައް ކޮށްފައިވެއެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިންް ޝަހީމް (އަނދުން ހުސައިން) އާއި ރޮޒެއިނާ، ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ އާއި ބެހޭ ގޮތުން ދައްކަވަމުންދާ ވާހަކަތަކުން އެމަނިކުފާނަށްއ އިތުުުރު ހަމަލާއެއް އައުމުގެ ބިރު އޮވެދާނެތީ އެދެމެމްބަރުންގެ މައްސަލަ ބެލުމަށް އިމްތިޔާޒް ވަނީ ފުލުހަށް މައްސަލަ ހުށަހަޅާފައެވެ. އިމްތިޔާޒް ފުލުހަށް ސިޓީ ފޮނުއްވާފައިވަނިކޮށް، ރޮޒެއިނާ ވަނީ އިމްތިޔާޒް ދައްކާފައިވަނީ ދޮގު ތުހުމަތުތަކެއް ކަމަށާއި، ޓެރަރިޒަމްގެ އަމަލެއް ހިންގައި ރައީސް ނަޝީދު މަރާލަން އުޅޭކަމުގެ ނުރައްކާތެރި ތުހުމަތު ކޮށްފައިވާ މައްސަލަ ބަލައިދިނުމަށށް ފުލުހުންގެ ކިބައިން އެދިފައެވެ.

ރޮޒެއިނާ، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައިވަނީ އޭނާ އަކީ މީހަކަށް އަނިޔާ އެއް ދިނުމަށް އަދި ދުވަހަކުވެސް މަސައްކަތްކުރި ނުވަތަ އެފަދަ ކަމެއް ކުރުމަށް ހިތައް އެރުވި ނުވަތަ އެފަދަ ކަމެއް ކުރަން ރޭވި މީހެއް ނޫން ކަމަށެވެ. އަދި ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއަކީ އެދުވަހުވެސް އަދި މިއަދުވެސް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: