ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުވައްޒަފުންނަށް ފުލެޓް ބަހާކަމަށް ބުނެ ކުރެވޭ ތުހުމަތުތައް އަރބަންކޯއިން ދޮގުކޮށްފި

އަރބަންކޯގެ ހެޑް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މުވައްޒަފުންނަށް ފުލެޓް ބަހާކަމަށް ބުނެ ކުރެވޭ ތުހުމަތުތައް އަރބަންކޯއިން ދޮގުކޮށްފިއެވެ.

ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން އިމާރާތްކުރަމުންދާ މިކްސްޑް ރެޒިޑެންޝަލް ޕްރޮޖެކްޓްތަކުން ޔުނިޓް، އަރބަންކޯގެ މުވައްޒަފުންނަށް ވިއްކުމަށް ހުޅުވާލުމާއި ބެހޭ ގޮތުން 20 އޭޕްރިލް 2023 ވަނަ ދުވަހު ހުރިހާ މުވައްޒަފުންނަށް ނެރެފައިވާ މެމޯއާއި ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މުވައްޒަފުންނަށް ވިއްކުމަށް ހުޅުވާލެވިފައިވާ ޔުނިޓްތަކަކީ ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން ތަރައްގީކުރަމުންދާ 4 މަޝްރޫއުއަކުން، އެ ކޯޕަރޭޝަންއަށް އެ މަޝްރޫއުތައް ހިންގުމަށް ދެވިފައިވާ ބިމުގެ އަގުގެ ބަދަލުގައި އެއްބަސްވުމާއި އެއްގޮތަށް ލިބިފައިވާ ޔުނިޓްތަކެއްކަމަށެވެ.

ޔުނިޓްތައް ވަނީ މިދިޔަ އަހަރު ކުރިއަށް ގެންދެވުނު ސްޓާފް ހައުސިން ސްކީމްގެ ދަށުން “އެންޑް ޔޫސަރ ފައިނޭންސް މޮޑެލް” ގެ ދަށުން ވިއްކުމަށް ހުޅުވާލެވިފައިކަމަށް ފާހަގަކޮށް ނެރުނު ބަޔާނުގައި އަރބަންކޯއިން ބުނެފައިވަނީ ޔުނިޓްތަކަށް އެދި ކުރިމަތިލި ފަރާތްތަކަށް ފުރުސަތުދީ ނިމުނުއިރު ބައެއް ޔުނިޓްތައް ވަނީ ނުވިކިކަމަށެވެ. އެގޮތުން ބައެއް މުވައްޒަފުން ޔުނިޓުތައް ދޫކޮށްލާފައިވާތީ އާއި، ބައެއް މުވައްޒަފުންގެ ޝަރުތުހަމަ ނުވާތީ 34 ޔުނިޓެއް ވަނީ ބާކީވެފައިކަމަށް އަރބަންކޯއިން ނެރުނު ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

އަރބަންކޯއިން ބުނީ 2022 ވަނަ އަހަރު ހިންގުނު ސްޓާފް ހައުސިންގް ސްކީމް ހުޅުވާލި ފަހުން 1 އަހަރުވެފައިވުމާއިއެކު، އެ ސްކީމްގެ ތެރެއިން ފުރުސަތު ނުލިބޭ ގިނަ މުވައްޒަފުން ތިބިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެ މުވައްޒަފުންނަށް އައު ފުރުސަތެއް ދިނުމާއިއެކު އެ ކޯޕަރޭޝަން އިން ހިންގަން ރާވާފައިވާ މަޝްރޫއުތަކަށާއި ވިޔަފާރި އުސޫލުން ދޫކޮށްފައިވާ ބިންތަކުގެ އަގު ހަމަކުރުމަށް ބޭނުންވާތީ، އަލުން އެ 34 ޔުނިޓު ވިއްކުމަށް ހުޅުވާލުމަށް ނިންމާ މިހާރު އިއުލާންކުރެވިފައިވާކަމަށް އަރބަންކޯއިން ބުނެފައިވެއެވެ. އަދި މިފަހަރު ހުޅުވާލެވޭ ޔުނިޓު ގަތުމަށް 800 އަށްވުރެ ގިނަ މުވައްޒަފުން ޝަރުތުހަމަވާކަން ފާހަގަކޮށް، އަރބަންކޯއިން ބުނެފައިވަނީ މި ޔުނިޓްތައް ވަކި އުސޫލެއްގެ ތެރެއިން ވިއްކުމަށް ކަނޑައަޅާ ޕޯޓަލްއެއް މެދުވެރިކޮށް މަސައްކަތްކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މިކަމާއި ގުޅިގެން އާންމުނަށް އޮޅުން އަރާނެފަދަ ގޮތަކަށް ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި އަދި މީޑިއާތަކުގައި ފަތުރަމުން ގެންދާ ހަބަރުތަކާއި ގުޅިގެން އަރބަންކޯއިން ބުނެފައިވަނީ ކާކުކަން ނޭނގޭ އެކައުންޓަކުން އެ ކޯޕަރޭޝަނުން ނެރުނު މެމޯއާއި ޔުނިޓްތަކުގެ އަގުތަކާއިއެކު އެ ކޯޕަރޭޝަންގެ އިސް ވެރިންގެ ލިސްޓެއްކަމަށް ބުނެ އަމިއްލައަށް ތައްޔާރުކޮށްފައިވާ ސައްހަ ނޫން ލިސްޓެއް މީސް މީޑިއާގައި ދަނީ ދައުރުވަމުންކަމަށެވެ.

މި ދޮގު ހަބަރާއި މައުލޫމާތު ފޯރުކުރަމުން ދަނީ ކަމުގެ ހަގީގަތް އޮޅުވާލާ ކުންފުނީގެ އަގު ވައްޓާލުމަށްކަމަށް އަރބަންކޯއިން ވަނީ ބުނެފައެވެ. އަދި މިކަމާއި ގުޅިގެން އެކި އޮންލައިން ހަބަރުތަކުގައި ހަބަރު ޝާއިއުކުރުމުގެ ކުރިން މިއީ ސައްހަ މައުލޫމާތެއްތޯ ކަށަވަރުކުރުމަށް އެ ކޯޕަރޭޝަންއަށް އެއްވެސް ގޮތަކަށް އެދިފައިނުވުމާއި، އެ ކޯޕަރޭޝަނުގެ ބަހެއްވެސް ހިމަނާފައިނުވުމަކީ އެފަދަ ނޫސްތަކުގެ ނޫސްވެރިކަމުގެ މިންގަނޑުތަކާއި މަގްސަދާއިމެދު ސުވާލު އުފެދޭކަމެއްކަމަށް  އަރބަންކޯއިން ވަނީ ބުނެފައެވެ.

ހުޅުމާލޭޣައި ހިނގާ މަޝްރޫއުތަކާއި ވަކިން ހާއްސަކޮށް އާއްމުންނަށް ގުޅިފައި ހުންނަ މިފަދަ މަސައްކަތްތައް ބައްޓަން ކުރެވިފައި ވަނީ ވީހާވެސް ހާމަކަން ބޮޑުކޮށް، ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކުގެ ތެރެއިންކަމަށާއި، އަދި އެ ކޯޕަރޭޝަންގެ އިންޓަރނަލް އޮޑިޓުން ގަވައިދުން މި މަސައްކަތް ބަލަމުން ގެންދާއިރު، ކަމާއި ބެހޭ އެހެނިހެން މުއައްސަސާތަކުންވެސް މި މަސައްކަތްތައް ކުރަމުން ގެންދާ ގޮތް ބެލުމަށް އެ ކޯޕަރޭޝަނުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް އަރބަންކޯއިން ވަނީ ބުނެފައެވެ. އަދި ރައްޔިތުންކުރާ ސުވާލުތަކަށް އަބަދުވެސް ޖަވަބުދީވެ މައުލޫމާތު ހާމަކުރާނެކަމަށް އަރބަންކޯއިން ވަނީ ބުނެފައެވެ. އަރބަންކޯއިން ރައްޔިތުންގެ އެއްވެސް ހައްގަކަށް އުނިކަމެއް އަންނާނެފަދަ އަދި ހައްގެއް ނިގުޅައިގަނެވޭނެފަަ އެއްވެސް އަމަލެއްނުކުރާނެކަމަށްވެސް ބުނެފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: