ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިންގް ރޯޑްތައް ތަރައްގީކުރުމުގެ މަޝްރޫއަށް 1.4 މިލިއަން ރުފިޔާ!

ރިންގް ރޯޑްތައް ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ރިންގް ރޯޑްތައް ތަރައްގީކުރުމުގެ މަޝްރޫއަށް ހަރަދުވާނީ 1.4 މިލިއަން ރުފިޔާކަމަށް މާލެ ސިޓީ ކައުންސިލު ބުނެފިއެވެ.

ބޮޑުތަކުރުފާނު މަގުގެ މަރާމާތުގެ މަސައްކަތަށް ބޭނުންވާ ތަކެތި ގެނެސް، އަމަލީ މަސައްކަތް ފަށާފައިވަނީ 21 އޭޕްރީލް ވީ ހުކުރުދުވަހު ދުވަހުއެވެ.

މި މަސައްކަތާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި މޭޔަރ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ ބޮޑުތަކުރުފާނު މަގާއި، ޢިއްޒުއްދީން މަގުގެ ތާރު އެޅިބައި މަރާމާތުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށްދާކަމަށެވެ.

މި މަސައްކަތް 10 ވަރަކަށް ދުވަސް ތެރޭގައި ނިންމޭނެކަމަށް ލަފާކުރެވޭ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

ބޮޑުތަކުރުފާނު މަގުގެ މަރާމާތުގެ މަސައްކަތް ކުރަމުންދަނީ މާލެ އާއި ހުޅުމާލެއާއި ގުޅުވައިދޭ ހައިވޭ ހެދި ކުންފުނި ކަމަށްވާ ޗައިނާގެ ހުނާން އިންޖިނިއަރިންގ ކޯޕަރޭޝަން ލިމިޓެޑުންނެވެ. ރިންގް ރޯޑްތައް ތަރައްގީކުރުމުގެ މަޝްރޫއަށް ހަރަދުވަނީ 1,496,800 ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: