ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި ބުޗާގޭ ދޮންމަނިކު އަވަހާރަވެއްޖެ

ބުޗާގެ ދޮންމަނިކު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އާދަމް މޫސާ (ބުޗާގެ ދޮންމަނިކު) އަވަހާރަވެއްޖެއެވެ.

އާދަމް މޫސާ އަވަހާރަވިކަން ހާމަކުރެއްވީ އޭނާގެ ދަރިކަނބަލުން އަދި ކުރީގެ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.

އިރުތިޝާމްގެ ޓްވީޓްގައި ވިދާޅުވީ އެކަމަނާގެ ބައްޕަ އަވަހާރަވީ އޮސްޓްރޭލިޔާގެ ބިސްބްރޭންގައި ރޭ ފަތިހު 4:45 ގައެވެ. އިރުތިޝާމް ވިދާޅުވީ އެކަމަނާގެ ބައްޕާފުޅަކީ ދިވެހި ސަރުކާރުގެ މުހިއްމު މަގާމުތަކެއް ފުރުއްވާފައިވާ ގައުމާއި ދައުލަތަށް އިހްލާސްތެރި ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ.

އާދަމް މަނިކު އަވަހާރަވިއިރު އޭނާގެ އުމުރަކީ 92 އަހަރެވެ.

އާދަމް މަނިކު ފުރުއްވި މަގާމްތަކުގެ ތެރޭގައި މަހްކަމަތުލް އަމާން އާއްމު އޮފީހުގެ ކާތިބުކަމާއި، އެ އޮފީހުގެ ސެކެޓްރީގެ މަގާމާއި އިތުރު ވަޒީފާގެ ގޮތުގައި ތަހުގީގް ކޮމެޓީގެ ސެކެޓްރީ ކަމުގެ އިތުރުން ހިންގާ ސެކެޓްރީ ކަމާއި ވުޒާރާތުލް ދާހިލިއްޔާގެ ހާއްސަ ވަކީލުކަމުގެ ޕޯސްޓް އޮފީހުގެ ޕޯސްޓް މާސްޓަރގެ މަގާމާއި، ކޮންޓްރޯލް އޮފް ކޮމިއުނިކެބަލް ޑިޝީޒް ޑިވިޒަންގެ ވަކީލު ކަމާއި މެރިން ޑިވިޒަންގެ ވަކީލު ކަމާއި ރ އަތޮޅުގެ ވެރިޔާގެ މަގާމް ހިމެނެއެވެ.

އިރުތިޝާމް ވިދާޅުވީ ފާއިތުވެދިޔަ 8 އަހަރު އޭނާގެ ބައްޕަ ދިރިއުޅުއްވަމުން ގެންދެވީ އޮސްޓްރޭލިޔާގައި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: