ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްލާސްޓިކް ކޮތަޅުން ނަގާފީ ކުޑަކުރަން ތާއީދެއް ނުކުރަން: ޝައުނާ

އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްލާސްޓިކް ކޮތަޅުން ނަގާފީ ކުޑަކުރަން ތާއީދު ނުކުރާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޕްލާސްޓިކް ކޮތަޅުން ފީ ނެގުމާއި ގުޅޭގޮތުން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝައުނާ ވިދާޅުވީ ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގައި ސަރުކާރުން ހުށަހެޅި އިސްތިސްނާ މަޖިލީހުން ބިލު ފާސްކުރި އިރު، އޭގެ ސަބަބެއް ވެސް ސާފުކޮށް ބުނެފައިނެތް ކަމަށެވެ.

ޝައުނާ ވިދާޅުވީ ގާނޫނުގައި މިހާރު އޮތްގޮތުގައި މައްސަލައަކީ ކޮންމެ މަރުހަލާއެއްގައި ކޮތަޅުން ދެރުފިޔާ ނެގުން ކަމަށެވެ. އަދި ޕްލާސްޓިކް ކޮތަޅުން ނަގާފީ އިސްތިސްނާ ވާނެ ހާލަތްތަކެއް ސަރުކާރުން މަޖިލީހަށް ބިލު ހުށަހެޅިއިރު ހިމަނާފައިވާނެ ކަމަށް ޝައުނާ ވިދާޅުވިއެވެ. އެގޮތުން އެފަދަ އެއް ހާލަތަކީ ހޯލްސޭލްކޮށް 50 ނުވަތަ 50 އަށް ވުރެ ގިނަ ކޮތަޅު ގަންނަ ހާލަތެވެ.

ކާޑުގެ ބާވަތް ގަންނައިރު އެތަކެތި އަޅާ ކޮތަޅުން ފީނެގުންވެސް އިސްތިސްނާ ވެގެންދާނެ ކަމަށް ސަރުކާރުން ބިލުގައި ހިމަނާފައިވާނެ ކަމަށް ޝައުނާ ވިދާޅުވިއެވެ.

ޝައުނާގެ އެވާހަކައިގެ ރައްދުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ސަރުކާރުން ބިލު ހުށަހެޅިއިރު އެ އިސްތިސްނާތައް ކޮމިޓީން ބިލު ފާސްކުރި އިރު އުނިކުރީ ސަރުކާރުންވެސް އެކަމަށް ވާގިވެރިވެގެން ކަމަށް ކޮމެޓީގެ ޔައުމިއްޔާ އިން އެނގޭ ކަމަށެވެ.

އަޅުގަނޑު ކިޔައިފިން ކޮމިޓީގެ ޔައުމިއްޔާތައް. އަޅުގަނޑު ކިޔައިފިން ކޮމިޓީގެ ރިޕޯޓްވެސް. އެހެން ނަމަވެސް މި މާއްދާ ވަކިން ހާއްސަކޮށް އިސްތިސްނާވާ ހާލަތްތައް ފަންސާސް ކޮތަޅާއި ނުވަތަ އެއަަށް ވުރެ ގިނައިން ހިމެނޭ ކޮތަޅުބޮނޑި އިސްތިސްނާވާ ހާލަތްތައް އުނިކުރި ޖަސްޓިފިކޭޝަނެއް އަޅުގަނޑަކަށް ނުފެނުނުނު. : ރައީސް ނަޝީދު

ޝައުނާ، ރައީސް ނަޝީދުގެ ވާހަކަ ދޮގުކުރެއްވިއެވެ. ރައީސް ނަޝީދު ވިދާޅުވީ އެ އިސްތިސްނާތައް އުނިކުރި ސަބަބު ކޮމިޓީ ރިޕޯޓްގައި ވަރަށް ދިގުކޮށް ލިޔެފައި އެބައޮތް ކަމަށެވެ. ކޮތަޅުން ފީ ނެގުމުގައި ސަރުކާރުން ހުށަހެޅި އިސްތިސްނާތައް އޮތުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް ވިދާޅުވެ ގާނޫނު އެގޮތަށް އިސްލާހުކޮށްދެއްވަން ޝައުނާ  ވަނީ އެދިވަޑައިގެންފައެވެ.

ޝައުނާ ވިދާޅުވީ ފީ ނަގާ މިންވަރު ކުޑަކުރަން އެދިވަޑައިނުގަންނަވާ ކަމަށާއި ގެންނަންޖެހޭ ބަދަލަކީ ކޮންމެ މަރުހަލާއެއްގައި ފީ ނުނަގާ ގޮތަށް ހެދުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: