ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

50،000 ވުރެ ގިނަ މީހުން ޑިޖިޓަލް އައިޑީ ތަޖުރިބާކޮށްފި: އެންވައިރަމެންޓް މިނިސްޓްރީ

އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

50،000 އަށް ވުރެ ގިނަ މީހުން ޑިޖިޓައިލް އައިޑެންޓީޓީ ނިޒާމު ބޭނުންކޮށްފައިވާކަމަށް އެންވައިރަމެންޓް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއިން ބުނެފިއެވެ.

އެންވައިރަމެންޓް މިނިސްޓްރީއިން ހާމަކޮށްފައިވާގޮތުން، ޑިޖިޓަލް އައިޑީގެ ނިޒާމު ތަޖުރިބާކުރުމަށް ހުޅުވާލުމާއިއެކު ގިނަ އަދަދެއްގެ މީހުންވަނީ އެ ހިދުމަތުގެ ބޭނުން ހިފާފައެެވެ. އަދި މި ދިޔަ ތިން މަސް ދުވަހުގެ ތެރޭގައި 198،841 ފަހަރެއްގެ މަތިން އެ ނިޒާމު ބޭނުންކޮށްގެން ހިދުމަތްތައް ހޯދާފައިވާކަމަށް ބުނެފައިވެއެވެ.

މިނިސްޓްރީއިން ބުނެފައިވާޣޮތުން، މި އެފްލިކޭޝަން މެދުވެރިކޮށް އެންމެ ގިނައިން ވަދެފައިވާ ޕޯޓަލްތަކަށް ބަލާ ނަމަ ގެދޮރުވެރިންނާއި، ޓްރާންސްޕޯޓު މިނިސްޓްރީގެ ސިމްސް ޕޯޓަލް އަދި އިސްލާމިކް ބެންކުގެ ޕޯޓަލްވެސް ހިމެނެއެވެ. ދިވެހިރާއްޖޭގެ ގައުމީ ޑިޖިޓަލް އައިޑީ، އީފާސް ބައްޓަންކޮށްފައިވަނީ ފަސޭހަކަމާއިއެކު އޮންލައިންކޮށް ފޯރުކޮށްދޭ ހިދުމަތްތަކުގެ އިތުރުން ހާޒިރުވެގެން ހޯދާ ހިދުމަތްތަކުގެ ތެރެއިންވެސް ލުއިތަކެއް ލިބިގެންދާނެ ގޮތަކަށެވެ.

މިނިސްޓްރީއިން މައުލޫމާތު ދޭ ގޮތުން، އީފާސްގެ ހިދުމަތް ބޭނުންކުރާ ގިނަ އަދަދެއްގެ ޕޯޓަލް އަދި އެޕްލިކޭޝަންތަކުގައިވެސް އީފާސް އެޕް ބޭނުންކޮށްގެން ޔޫޒާރނޭމް އަދި ޕާސްވޯޑު ނުޖަހަގައި ވަދެވޭނެ އިންތިޒާމުތައެް ހަމަޖެހިފައިވެއެވެ. އެގޮތުން ކިއު އާރް ކޯޑޭއް ސްކޭން ކޮއްލައިގެން ވަދެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: