ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއު ނިމިއްޖެ

ހދ ހަނިމާދޫ.
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއު ނިމިއްޖެކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީއިން ބުނެފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ގެންދިޔަ ހދ ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ނިމިއްޖެއެވެ. ހދ ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުއަކީ 28.90 މިލިއަން ރުފިޔާއަށް ސަރުކާރުން އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫއުއެއްކަމަށެވެ.

2،300 މީހުން ދިރުއުޅޭ ހަނިމާދޫއަކީ އުތުރުގެ އަތޮޅުތަކުގެ ބޮޑު އާބާދީއެއް ވައިގެ ދަތުރުފަތުރު ކުރުމަށް މިހާރުވެސް ބަރޯސާވަމުން އަންނަ ރަށެއްކަމަށް ފާހަގަކޮށް އެމްޓީސީސީއިން ބުނެފައިވަނީ މިއީ އުތުރުގެ ތަރައްގީއާއިވެސް ގުޅިފައިވާ މުހިންމު ނާރެހަކަށްވާއިރު، އުތުރުގެ ރަށްރަށުން އެކިއެކި ބޭނުމަށް ހަނިމާދޫއަށް ކޮންމެ ދުވަހަކުހެން ދަތުރުފަތުރުކުރާކަމަށެވެ. އެ ރަށުގެ ގިނަ ރައްޔިތުން ވަޒީފާ އަދާކުރާނީ ސަރުކާރުން އެކި އެކި މުއައްސަސާތަކުގައި އާއި ފަތުރުވެރިކަމުގެ ދާއިރާގައިކަމަށްވެސް އެމްޓީސީސީއިން މިކަމާއި ގުޅިގެން ނެރުން ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް ރަށުގައި ކަނޑުމަހުގެ މަސްވެރިކަން ކުރާ އޮނޑިފަހަރާއި، އޮޑިފަހަރު ބަނދެ އެހެލުމުގެ މަސައްކަތްކުރާ 2 ހަރުގެއެއްވެސް ހުންކަމަށް އެމްޓީސީސީއިން ބުންޏެވެ.

މަގުތަކާއި ގުޅިގެން އެމްޓީސީއިން ބުނެފައިވަނީ ހަނިމާދޫއަށް އަންނަ މީހުން އެންމެ ފާހަގަކުރާ އެއްކަމަކީ ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދިފައިނެތުންކަމަށެވެ. ވިއްސާރަވެހިއްޖެނަމަ ފެން ރަނގަޅަށް ނުހިކި އެތައް ދުވަހަކު ހުންނަކަމަށާއި، އަދި މަގުގައި އެތަކެއް އަޑިގުޑަންތައް ހުރުމުގެ ސަބަބުން ހިނގާ މީހުންނާއި އެއްގަމު އުޅަނދުފަހަރަށް އެތަކެއް ދަތިތަކާއި ގެއްލުމާއިވެސް ކުރިމަތިލާންޖެހޭކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ. އަދި މަގުތަކުގައި ހިރަފުހުގެ އުދަނގޫތައްވެސް އެހާމެ ބޮޑުކަމަށާއި، ނަމަވެސް މިހާރު ވާނީ ރައްޔިތުންގެ މިފަދަ ޝަކުވާތަކަށް ހައްލު ލިބިފައިކަމަށް އެމްޓީސީއިން ވަނީ ބުނެފައެވެ.

އެގޮތުން މަގުގެ ފެންބޮޑުވުމުންނާއި، ޗަކަވުމުންނާއި، އަނޑިގުޑަނވުމާއި، ހިރަފުސްވުމުން ލިބެމުންދިޔަ ދަތިތަކަށް ހައްލު ލިބިފައިކަމަށް ކުންފުނިން ވަނީ ބުނެފައެވެ. އެހެންކަމުން އެއްގަމު ދަތުރުފަތުރުކުރުމުގައި އާއި އެއްތަނުން އަނެއް ރަނަށް މުދަލާއި ތަކެތި އުފުލުމުގައި ގިނަ ފަސޭހަތައް ލިބިގެންދާނެކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

މި މަޝްރޫޢުގެ ދަށުން، 44,296.90 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމާއި،    18,871.16 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމްކުރުމާއި، ފެން ހިންދާ ނިޒާމެއް ގާއިމްކުރުމާއި، ސަރވިސް ލައިން އެޅުމާއި، އަދި ޑްރެއިނޭޛެއް ބެހެއްޓުމާއި، 20،774.86 މީޓަރުގެ ސަރަހައްދެއްގައި މަގުމަތީ ނިޝާން ހަރުކުމުގެ މަސައްކަތްކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: