ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއޭސީއެލް އިން ވޯލްޑް އޯޓިޒަމް އެވެއާނެސް މަހާއި ގުޅިގެން ހަރަކާތެއް ކުރިއަށް ގެންގޮސްފި

އެމްއޭސީއެލް އިން ވޯލްޑް އޯޓިޒަމް އެވެއާނެސް މަހާއި ގުޅިގެން ހަރަކާތެއް ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިންތިޒާމްކޮށްގެން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ދަށުން އެ އެސޯސިއޭޝަނަށް އެހީތެރިވުމުގެ ގޮތުން ހަރަކާތެއް ބާއްވައިފިއެވެ.

މި ހަރަކާތަކީ އެއާޕޯޓް ޓުއާ އާއި ފަންޑް ރެއިސިން ޕްރޮގްރާމެއް ހިމެނޭ ވޯލްޑް އޯޓިޒަމް އެވެއާނެސް މަހުގެ ހަރަކާތްތަކާ އެއްގޮތަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރިއަށް ގެންދިޔަ އެއާޕޯޓް ދަތުރުގައި ޖުމްލަ 14 ދަރިވަރުންނާއި 3 ޓީޗަރުން ވަނީ ބައިވެރިވެފައެވެ.

ރެމްޕް ސަރަހައްދުގައި ރެމްޕް އޮޕަރޭޝަންތަކާއި ފްލައިޓް ހެންޑްލިންގ ކުރިއަށް ގެންދިޔަ ގޮތާއި މެދު ކުދިން ތިބީ ވަރަށް ޝައުގުވެރިވެފައިކަމަށް އެމްއޭސީއެލްއިން ބުނެއެވެ. އަދި އެއަޕޯޓް އިމަޖެންސީ ސާވިސަސް ސްޓޭޝަނަށްގައި ދަރިވަރުންނަށް ފަޔާ ވެހިކަލްތަކާއެކު ފަޔަރ އެންޑް ރެސްކިއު ޓީމާއެކު މުޢާމަލާތު ކުރުމުގެ ފުރުޞަތު ލިބިގެންދިޔަކަމަށް އެމްއޭސީއެލްއިން ވަނީ ފާހަގަކޮށްފައެވެ. އަދި ފަޔާ އެންޑް ރެސްކިއު ޔުނީފޯމާއި އެކު އެއާޕޯޓްގެ ފަޔާ ވެހިކަލްތަކުގެ ތެރެއަށް ވަނުމުގެ ހުއްދަ ވެސް ދީފައިވެއެވެ. މި ދަތުރު ނިންމާލާފައިވަނީ އެއާޕޯޓް ރެކްރިއޭޝަން ސެންޓަރެއްގައި ބޭއްވި ކުޑަ ރަސްމިއްޔަތަކާއި އެކު އެވެ. އަދި އެ ރަސްމިއްޔާތުގައި ދަރިވަރުންނަށް އެމްއޭސީއެލްގެ ފަރާތުން ވަނީ ހާއްސަ ހަދިޔާތައް ފޯރުކޮށްދީފައެވެ.

އެއާޕޯޓް ދަތުރުގެ އިތުރުން މި މަހުގެ ކުރީކޮޅު ފަންޑް ރެއިސިން ޕްރޮގްރާމެއް ވެސް ކުރިއަށް ގެންގޮސްފައިވާއިރު، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަށް ވަނީ އެއާޕޯޓް ފެސިލިޓީތަކުގައި މުދާ ވިއްކުމުގެ ފުރުސަތު ދީފައެވެ. އެމްއޭސީއެލްއިން ބުނީ މި ޕްރޮގްރާމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

މީގެއިތުރުން އެމްއޭސީއެލްއިން ވަނީ މޯލްޑިވްސްގައި އޯޓިޒަމްއާ މެދު ހޭލުންތެރިކުރުވުމަށް އެ ޖަމިއްޔާއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމަށް ފައިސާ ހޯދައިފައެވެ. އެމްއޭސީއެލްގެ ސީއެސްއާރު ޕްރޮގްރާމްތަކަކީ ރާއްޖޭގެ ނާޒުކު މުޖުތަމައުތަކަށް އެހީތެރިވުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމްތަކެކެއްކަމަށް އެ ކުންފުނިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: