ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޮސް ކަނޑުން ދާ ޖަހައިގެން މަސްވެރިންކުރާ މަންޒަރު ލައިވްކޮށް ފެންނަން އެބަހުރި: ސެމްބެ

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް(ސެމްބެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ޗާގޯސް ކަނޑުން ދާ ޖަހައިގެން މަސްވެރިންކުރާ މަންޒަރު ލައިވްކޮށް، މެރިން ޓްރެފިކް އެޕް އިން ފެންނަކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.

މުހައްމަދު ލަތީފް އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މެރިން ޓްރެފިކް އެޕް އިން މިހާރުވެސް، ދާ ޖަހައިގެން މަސް ނަގަމުން ދާ މަންޒަރު ލައިވްކޮށް ފެންނަކަމަށެވެ. އޭނާ ވަނީ މިއާއިއެކު ފޮޓޯއެއްވެސް ހިއްސާކުރައްވާފައެވެ.

ޗާގޯސް މައްސަލައިގައި، ދެ ގައުމުން ހިޔާލުތަފާތުވި ކަނޑުގެ ސަރަހައްދު ބެހުމުގެ މައްސަލަ ބައިނަލްއަގްވާމީ ކަނޑުތަކާ ބެހޭ ގާނޫނުގެ ދަށުން ޓްރައިބިއުނަލުން ވަނީ ރާއްޖެއަށް ކަނޑުގެ ސަރަހައްދުން ބޮޑު ބައި ލިބޭ ގޮތަށް ނިންމައިފައެވެ.

މިކަމާއި ގުޅިގެން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިޝަރީސް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ވިދާޅުވި ގޮތުގައި ދާ ޖަހައިގެން ކަޅުބިލަމަހުގެ މަސްވެރިކަން ކުރުމުގެ މައްސަލައަކީ އިންޑިއާ ކަނޑުގައި އަބަދުވެސް އޮންނަ މައްސަލަ އެކެވެ. ނަމަވެސް މޮރިޝަސްއަށް ލިބުނު ސަރަހައްދުގައި ވެސް ދާ ޖަހައިގެން މަސްވެރިކަން ކުރަން ހުއްދަ ދީފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަކީ ދޮށީގެ މަސްވެރިކަން ކުރާ ގައުމަކަށްވީއިރު، މޮރިޝަސްއަކީ ދާ ޖަހައިގެން މަސްވެރިކަންކުރާ ގައުމެކެވެ. ޗާގޯސްގެ މައްސަލަ ނިމުނު ގޮތުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށް އަސަރުކުރާނެކަމަށް ބައެއް ފަރާތްތަކުން އަންނަނީ ފާހަގަކުރަމުންނެވެ. ނަމަވެސް މި މައްސަލަ ނިމުނު ގޮތުގެ ސަބަބުން މަސްވެރިންނަށް ވާނީ ފައިދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން މޮރިޝަސްއަށް ލިބުނު ސަރަހައްދުގައި އިނގިރޭސިވިލާތުން ގާއިމްކޮށްފައިވާ ކޮންޒަވޭޝަން ޒޯން ބަލަހައްޓާނެ ކަމުގެ ޔަގީންކަން މޮރިޝަސްއިން ދީފައިވާކަން ފާހަގަކޮށް، މިނިސްޓަރު ވިދާޅުވީ އޭގެ ފައިދާ ރާއްޖެއަށް ވެސް ލިބިގެންދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: