ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަންޑާރަނައިބު މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ މައްސަލަ ހުށަހަޅައިފި

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް (ސެމްބެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ބަނޑާރަނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލީހަށް ފޮނުއްވި ޖަވާބާއި ގުޅިގެން، އޭނާ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވާކަމަށް ވިދާޅުވެ، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް މަޖިލީހުގެ ތަޅުމަށް އިމްތިޔާޒުގެ މައްސަލައެއް ހުށައަޅުއްވައިފިއެވެ.

ހުސައިން ވިދާޅުވީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާއި ބެހޭ ގާނޫނަށް ގެނެވިފައިވާ އިސްލާހުތަކުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިގެންކަން ބަޔާންކޮށްފައިވާކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށްވެސް ބަދަލުތަކެއް ގެނެވޭނީ މަޖިލީހުން ފާސްކޮށްގެންކަން އެނގެން އޮތް އިރު، އެކަންކަމުގައި މަޖިލީހުން ފާސްކުރަންޖެހޭ ކަމެއް ނެތްކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވެފައިވުމަކީ މުޅި މަޖިލީހުގެ އިމްތިޔާޒަށާއި ބާރުތަކަށް އަރައިގަތުން ނޫންކަމަށް ދެކެވޭނެ އެއްވެސް ގާނޫނީ ހަމައެއް ނެތްކަމަށް ހުސައިން ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ބަންޑާރަ ނައިބުގެ މަގާމުގައި ހުންނަވާ ފަރާތެއްގެ މަސައްކަތްތަކާއި ގުޅޭ ގޮތުން، މަޖިލީހަށް ޖަވާބުދާރީވާން ޖެހޭ ކަމަށް ދެކިވަޑައިނުގަންނަވާކަމަށް ދޭހަވާ މޭރުމަކުން ރިފްއަތުވަނީ ވިދާޅުވެފައިކަމަށެވެ. ހުސައިން ވިދާޅުވީ، އެއީ މުޅި ރައްޔިތުންގެ މަޖިލީހަށް އޭނާ ކުރެއްވި މަލާމާތެއްކަމަށެވެ. ހުސައިން ވިދާޅުވީ، ރިފްއަތުގެ އަމަލުތައް ބައްޓަންވެފައިވާ ގޮތާއިމެދު ކަންބޮޑުވެވަޑައިގަންނަވާކަމަށެވެ.

ހުސައިން ވިދާޅުވީ، ގާނޫނުތައް މާނަކުރަންވާނީ އެއް ރޮއްޖަކުން ގެތިފައިވާ ގޮތަކަށްކަން ސުޕްރީމް ކޯޓުން މީގެ ކުރިން ކޮށްފައިވާ ހުކުމެއްގައި ބަޔާންކޮށްފައިވާކަމަށެވެ. އެހެންކަމުން ކަނޑުގެ ސަރަހައްދާއި ގުޅޭ ގާނޫނަށް ބެލުމުން މި މައްސަލައިގައި މަޖިލީހުގެ ދައުރެއް ނެތި ނުދާނެކަން ސާފުވެގެންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ރިފްއަތަށް ލިއުމުން ޖަވާބުދާރީވުމުން މަޖިލީހުގެ އިމްތިޔާޒަށް އުނިކަމެއް އާދެއެވެ. އެހެންކަމުން ހުސައިންވަނީ އެ މައްސަލަ އިމްތިޔާޒާއި ގުޅޭ ކޮމިޓީއަށް ހުށައެޅުމަށް އެދިފައެވެ. އޭނާވަނީ މައްސަލަ ކޮމިޓީއަށް ފޮނުއްވައި ގޮތް ނިންމެވުމުގެ އިތުރުން މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް ގޮތް ނިންމެވުމަށްވެސް އެދިވަޑައިގެންފައެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވަނީ އެ މައްސަލަ ކޮމިޓީއަަށް ހުށައެޅިގެންދާނެކަމަށް ފާހަގަކުރައްވާފައެވެ. އަދި ބަހުސްކުރުމަށް ވޯޓަށް އަހާފައެވެ.

ހުސައިން ހުށައެޅުއްވި މައްސަލައާއިމެދު ބަހުސްކުރެއްވުމަށް ފާސްނުވިއެވެ. މައްސަލައަށް ބަހުސް ކުރުމަށް ވޯޓު ދެއްވީ 20 މެމްބަރެކެވެ. އަދި 48 މެމެބްރެއްވަނީ ބަހުސްކުރަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓުދެއްވާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: