ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ މުއިއްޒު ޤައުމުގެ ހުންގާނާއި ހަވާލުވާނީ، ރައީސް ޔާމީންގެ އިރުޝާދާއެކު: ސެމްބެ

އިންތިހާބުން ލިބުނު ކާމިޔާބީގެ އުފަލުގައި "ޝުކުރިއްޔާ ދިވެހިން" ނަމުގައި ބޭއްވި ޖަލްސާ.
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު އެ ވަޑައިގަންނަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިރުޝާދާއެކު މި ޤައުމުގެ ހުންނާނުގައި ހަވާލުވަންކަމަށް ޑރ މުއިއްޒުގެ ރަނިންމޭޓު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

މިއަހަރު އޮތް ރިޔާސީ އިންތިހާބުން ލައްކައަކަށްވުރެ ގިނަ ވޯޓު ކާމިޔާބު ކުރެއްވުމަށްފަހު، ރައްޔިތުންނަށް ޝުކުރު އަދާކޮށް، އުފާ ފާޅުކުރުމަށް “ޝުކުރިއްޔާ ދިވެހިން” ނަމުގައި ރޭ އަރޓިފިޝަލް ބީޗް ސަރަހައްދުގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުން ސެމްބެ ވަނީ އިދިކޮޅު ކޯލިޝަންގެ ބަދަހި ލަޝްކަރާއި ގުޅިގެން އެކުގައި މަސައްކަތްކުރުމަށް، އިސް ސަފުގައި ހަރަކާތްތެރިވާ ހުރިހާ ލީޑަރުންނާއި މެންބަރުންނަށް ގޮވާލައްވާފައެވެ.

އަޅުގަނޑުމެންގެ އަތްތައް މިއޮތީ ވަރަށް ބޮޑަށް ހުޅުވާލެވިފައި.

ސެމްބެ ވިދާޅުވިއެވެ.

ދެވަނަ ބުރަށް އިދިކޮޅާއިއެކު ކޯލިޝަން ހެދުމަށް އުއްމީދުކުރައްވާކަން ފާހަގަކޮށް ސެމްބެ ވިދާޅުވީ، އެތައް ފިއްތުންތަކަކާއި، އަދި ސަރުކާރުގެ ބާރާއި ނުފޫޒުގެ ބޭނުން ކުރަމުންދިޔައިރުވެސް ދިވެހިން ސާބިތުކަމާއިއެކު ތިބީ ގައުމު އިސްކޮށް، ޕީއެންސީއާއިއެކުކަމަށެވެ. އެއްވެސްކަމަކަށް ފަސް ޖެހުމެއް ނެތި، ދިވެހި ރައްޔިތުން ނިކުމެ އިދިކޮޅަށް ވޯޓު ދެއްވީތީ ސެމްބެ ވަނީ ތަކުރާރުކޮށް ޝުކުރު އަދާކޮށް، ރައްޔިތުންނަށް ތައުރީފުކޮށްފައެވެ.

ޑރ މުއިއްޒުއަކީ ރައްޔިތުން ބޭނުންވާފަދަ، އަދި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް، ވާ ވައުދުތައް ފުއްދަވާނެ ބޭފުޅެއްކަމަށްވެސް ސެމްބެ ވިދާޅުވިއެވެ. ޑރ މުއިއްޒާއިމެދު އެއްވެސް ބޭފުޅަކަށް ޝައްކު ކުރައްވަން ޖެހިވަޑައި ނުގަންވާނެކަމަށާއި، ޑރ މުއިއްޒަކީ ނަތީޖާ ނެރެދެއްވާނެ ބޭފުޅެއްކަން ފާހަގަކޮށް ސެމްބެ ވިދާޅުވީ، ޑރ މުއިއްޒު ކޮންމެ މަސައްކަތެއް ފެށި ނަމަވެސް ހުއްޓާލައްވާނީ ކާމިޔާބީ ހޯދުމަށްފަހުކަމަށެވެ. ޑރ މުއިއްޒު ހުންގާނާއި ހަވާލުވާނީ ރައީސް ޔާމީންގެ ލަފާއާއި އިރުޝާދުގެ ދަށުންކަމަށެވެ.

ޑރ މުއިއްޒުވެސް ވަނީ ރައީސް ޔާމީންގެ ސްޓޭޑަރޑްތައް ދަމަހައްޓަވާނެކަމަށާއި، އަދި އެމަނިކުފާނު ގެނެސެއްވި ތަރައްގީ އަނބުރާ ދިވެހިންނަށް ހޯދައިދެއްވާނެކަމަށް ވިދާޅުވެފައެވެ. ރައީސް ޔާމީންއަކީ ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް ބޭފުޅާކަމުން ރައީސް ޔާމީންގެ މަޝްވަރާ ހޯއްދަވާނެކަމަށާއި، ނަމަވެސް ކުރައްވާނީ އަމިއްލަ ވެރިކަމެއްކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި ރައްޔިތުން ދެއްކި ޖޯޝާއި ފޯރިއަށް، ކެތްތެރިކަމާއި ހިތްވަރަށް ސެމްބެ ވަނީ ސެލިއުޓް ނަގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: