ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސެމްބެގެ މޫނުމަތީގައި މަވޯޓާ ޝަރީފް ޖެހިކަމަށް ބުނެފި

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް(ސެމްބެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ގެ މޫނުމަތީގައި، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ޖެހި  ކަމަށް ސެމްބެ ބުނެފިއެވެ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ  ހޫނުވެ، މެމްބަރުން ނިޒާމީ ނުކުތާ ނަންގަވަމުން ގެންދެވި ވަގުތު ޝަރީފްގެ ގޮނޑި ކައިރިއަށް  ސެމްބެ ވަޑައިގަތުމުން ޝަރީފް އޭނާގެ މޫނުމަތީ ޖެހި ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވާހަކަދައްކަވަމުން ގެންދެވި ވަގުތު އޭނާގެ ގޮނޑިކޮޅު ކައިރީގައި ހުންނަވައި ސެމްބެ ވިދާޅުވަމުން ގެންދެވީ ޝަރީފް އޭނާގެ މޫނުމަތީގައި ޖެހި ކަމަށެވެ.

ގަވާއިދާ ހިލާފަށް އަޅުގަނޑު ހުރި ގޮނޑިޔާ ހަމަޔަށް އަންނަ ކަމަށް ވަންޏާ ނަން އިއްވާފަ ބޭރުކުރަން ޖެހޭނެ ކަމަށް ޝަރީފް ވެސް ވިދާޅުވަމުން ގެންދެވި އެވެ.

މެންބަރު ހުސެއިން އާއި ޝަރީފާއި ދެމެދު ބަހުގެ ހަމަލާތައް ބަދަލު ކުރެވެން ފެށުމުން މެންބަރު ހުސެއިން އެތަނުން ދުރުކުރީ ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން އެވެ.

ޝަރީފް ވެސް ޖަލްސާގައި ވާހަކަދައްކަމުން “ކަލޭ މަގޭ ގަޔަށް ބޮލަށް ނާރާށޭ” ވިދާޅުވާ އަޑުއިވުނެވެ. ނަމަވެސް މަޖިލީހުން އެ މަންޒަރުގެ ވީޑިއޯ ކަނޑާލާފައި ހުރުމުން ޝަރީފް އެހެން ވިދާޅުވީ ކޮން މެންބަރަކާއި ދިމާއަށް ކަމެއް ސާފެއްނުވެއެވެ.

މިއަދުގެ ޖަލްސާ ދޭތެރެ ދޭތެރެއިން ހޫނުވަނީ ނިޒާމީ މައްސަލަ އެކި މެމްބަރުން ނަންގަވައި އެއް މެމްބަރަކު އަނެއް މެމްބަރަކަށް ބަހުގެ ހަމަލާ ދިނުމުގެ ސަބަބުންނެވެ. އެގޮތުން ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ މެމްބަރުން މަޖިލިސް ރިޔާސަތުގެ ކުރިމަތީގައި ހުއްޓިތިބެގެން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ޗޯރަށް ގޮވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: