ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުބާރު ނެތް ރައީސް ރިޔާސަތުގައި ބަގުޑިބައްދަން ރާވާފައިވޭ: ޝަރީފް

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފެނިގެންދަނީ އިތުބާރު ނެތް ރައީސަކު މަގާމުގައި ހުންނެވުމަށް ރިޔާސަތުގައި ބަގުޑިބައްދައިގެން ހުރެ ރާވާފައިވާ ރޭވުމެއްގެ ދަށުން ހިންގަމުންދާ އަމަލުތަކެއްކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތުން ދުރުކުރުމަށް ހުށައަޅާފައިވާ ގަރާރުގައި، އެފަދަ ލިޔެކިއުމެއްގައި ހަމަވާންޖެހޭ ބައެއް ސިފަތައް ހަމަނުވާކަމަށް ފާހަގަކޮށް ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެމްބަރުންވަނީ މަޖިލީހުގެ ޖަލްސާގައި އަޑުއުފުލާފައެވެ. އެކަމާއ ގުޅިގެން ރައްދު ދެއްވައި ޝަރީފް ވިދާޅުވީ، ޑިމޮކްރެޓްސްއިން މަޖިލީހުގެ ނިޒާމު ނަގާލަން މަސައްކަތްކުރަމުންދާކަމަށެވެ.

ގާނޫނު އަސާސީގެ 82 ވަނަ މާއްދާގައި މަޖިލީހުގެ ރައީސް ވަކި ކުރުމަށް އަމަލުކުރުމަށް ކަނޑައެޅިފައިވާ އުސޫލާއި ހިލާފަށް އެ ޑިމޮކްރެޓްސްގެ މެމްބަރުން އަމަލު ކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ޑިމޮކްރެޓްސްއިން މަސައްކަތްކުރަމުންދަނީ ހުށައަޅާފައިވާ ގަރާރު ބާތިލުކުރުމަށްކަމަށެވެ.

ޝަރީފް ވިދާޅުވީ، އިތުބާރު ގެއްލިފައިހުރި ރައީސަކު ގަދަބާރު ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތަކާއި ހިލާފަށް މަޖިލީހުގެ ރިޔާސަތުގައި ބަގުޑިބައްދަންވެގެން ރޭވުންތަކެއް ރާވާފައިވާކަމަށާއި، ގާނޫނުއަސާސީ ހިލާފަށް މަޖިލީހުގެ ކަންކަން ތަޣައްޔަރުކުރަމުންދާކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެއީ ބޮޑު މައްސަލައެއްކަމަށާއި، 82 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓަކީ މެމްބަރުންގެ އަގުލަބިއްޔަތަށް އޮތް ހައްގެއްކަމަށްވެސް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، 82 ވަނަ މާއްދާގެ ބާރު ކަނޑުވާލައި މަޖިލީހުގެ ނިޒާމު ހަރާބުކުރުމަށް ޑިމޮކްރެޓްސްގެ ނަމުގައި އުޅެމުންދާ އެމްޑީޕީގެ ޓިކެޓުގައި ހޮވިފައިވާ ޣައްދާރުން ކުރަމުންދާ މަސައްކަތްތައް ކުށްވެރިކުރައްވާކަމަށެވެ. ޝަރީފް ވިދާޅުވީ، ޑިމޮކްރެޓުން މަސައްކަތްކުރަމުންދަނީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާ މުގުރާލުމަށްކަމަށެވެ. އޭނާ ވިދާޅުވީ، ޑިމޮކްރެޓުން މަސައްކަތްކުރަމުންދަނީ ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމްވެސް ބާތިލުކޮށް އޭގެ ބާރު ކަނޑުވާލުމަށް ހުކުމާއި ހިލާފަށް މަސައްކަތްކުރަމުންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: