ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިއުމަށް ނަޝީދު ރައީސް އަރިހުގައި ދެންނެވި: ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިއުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ އަރިހުން ހުދު ރައީސް ނަޝީދު އެދިވަޑައިގެންނެވި ކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާުވެއްޖެއެވެ.

ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓަށްފަހު ހުދު ރައީސް ނަޝީދު، ރައީސް ޞާލިހްގެ އަރިހުގައި ހުވާކޮށް އަހުދުވެ، އިތުބާރު ނެތްކަމުގެ މައްސަލަ ނަގައިދިނުމަށް އެދި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީއަށް ކެމްޕޭން ކޮށްދޭނެކަމަށް ވިދާޅުވެ އިތުރުފުޅު ހައްދަވާ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިއުމަށް ބައެއް މެމްބަރުން ސޮއި ގެންދެވީ މި ސަބަބާއި ހުރެ ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް އޭރުވެސް ޝަރީފް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަައިގައި ހުށަހެޅި ގަރާރުން ސޮއި އަނބުރާ ގެންގޮސްފައި ނުވާނެކަމަށް ވިދާޅިވިއެވެ.

އެ މައްސަލަ ނަގައިދީފައިވާނީ ހުދު ރައީސް ޞާލިހްގެ އެދުމުގެ މަތިންކަމުގައި ޝަރީފް ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްއަކީ މަކަރާއި ދޮގާ ހީލަތް ހެދުމުގައި ލާމަސީލް މިސާލެއްކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މިކަންކަން މިހާރު އެމަނިކުފާނުގެ ފަރާތްޕުޅުން ރައްޔިތުންނަށް ފެންނަމުންދާނެކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނަށް ވާގިވެރިވާ އިނގިރޭސިވިލާތުގެ ބޭފުޅުންގެ އަރިހުގައި އެމަނިކުފާނަކީ “ސުޕަރ ހިއުމަން” އެއް ކަމަށް ދައްކައިގެން އުޅުއްވާކަމަށް ޝަރީފް ވިދާޅުވިއެވެ.

“ޖަލުގައި ބްރެކްފަސްޓްއަށް ފުޅި ތޮށި ފަރިއްކުޅުވައިގެން އުޅުއްވިކަަމަށް އިނގިރޭސިވިލާތުގެ ބަޔަކަށް ދިން އިންޓަވިއުއެއްގައި ވިދާޅިވެފައިވޭ. މަޤާމް ދިފާޢު ކުރައްވަން ކޮންމެ ފަދަ ދޮގެއްވެސް އެމަނިކުފާނު ހައްދަވާފާނެ.” ޝަރީފް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މައްޗަށް އިތުބާރު ނެތްތާ ކިތަންމެ ދުވަހެއްވެފައިވާކަމަށާއި އެއް ޕާޓީއެއްގެ ގޮތުގައި އެކަތިގަނޑަކަށްވެގެން މަސައްކަތްކުރުމަށް ރައީސް ޞާލިހް އަބަދުވެސް ނަސޭހަތްތެރިވަމުން ދިޔަކަން ޝާރީފް ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް، ރައީސް ނަޝީދުގެ އަމަލުތަކަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމަށް ވިދާޅުވިއެވެ. އެމްޑީޕީގެ މެމްބަރުންނަށް މަޖިލީހުގެ ބަހުސް މަރުހަލާގައި ވާހަކަދެއްކުމަށް ހުރަސް އެޅުމާއި އެމަނިކުފާނަަށް ވާގިވެރިވާ މެމްބަރުންނަށް ފުރުޞަތުތައް ފަހިކޯށްދެމުންގެންދެވިކަން ޝަރީފް ފާގަހަކުރެއްވިއެވެ.

މަޖިލީހގެ ރައީސް، ރައީސް ނަޝީދު އެ އުޅުއްވަނީ ޤާނޫނީ ހުކޫމަތު މިގައުމުން ނައްތާލައިގެންކަމަށް ޝަރީފް ތުހުމަތުކުރެއްވިއެވެ. އެ ކުރައްވާ ކަމަކީ ޤާނޫން އަސާސީގެ ބާރު ކަނޑުވާލާ، ރައްޔިތުން އިންތިޚާބު ކުރި މަންދޫބުންގެ ބާރު ކަނޑުވާލުމަށްކަމަށް ވިދާޅުވިއެވެ. މިވަގުތު މަޖިލީހުގައި އެ ހިނގާ ކަންކަމަކީ ރާއްޖޭގައި ހިނގާ އެންމެ ބޮޑު ހިޔާނާތްކަމަށްވެސް ވިދާޅުވިއެވެ.

“މިއީ ސުޕްރީމް ކޯޓުގެ އިހްތިސާސް އޮތް މައްސަލައެއް. ޤާނޫން އަސާސީގެ މުތުލަގާއި ޚިލާފަށް ބަޔަކު މިވަނީ އަމަލްކޮށްފަ. މިއީ މަޖިލީހުގައި ހިނގާ މައްސަލައެއް ނޫން. މަޖިލީގުގެ އަމީން އާމާއި ކައުންސިލް ޖެނެރަލްއާއި މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ދައުލަތުގެ 4 މުވައްޒަފުން އަދި ވަކިން ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ އަޤްލަބިއްޔަތު މެންބަރުން ދިން ވަޒީފާއެއްގައި ތިއްބަވައިގެން އެ މެންބަރުންނާއި ޚިލާފް ވީމައި ދެން އިތުރު މަސައްކަތެއް ނުކުރެވޭނެ. މިމައްސަލައިގައި ގަވައިދާއި ހިލާފުވެފައިވާކަން ކަނޑައެޅުމުގެ އިހްތިސާސް ސުޕްރީމް ކޯޓަށް އޮންނާނެ. މި މައްސަލައިގެ ފަރުވާއެއް ހޯދަން ޖެހޭ.” ޝަަރީފް ވިދާޅުވިއެވެ.

މިއީ މަޖިލީހުން ކޮށްގެން އުޅޭ ކަމެއް ނޫންކަމަށް ބައެއް ފަރާތްތަކުން ސިފަ ކުރާއި އިރު މަޖިލީހުގެ އަމީން އާންމާއި ކައުންސިލް ޖެނެރަލް އަކީ މަޖިލީހެއް ނޫންކަމަށާއި، އެއީ މަޖިލީހުގެ މުވައްޒަފުންކަމަށް ޝަރީފް ވިދާޅުވިއެވެ. މިވަގުތު ރާއްޖެ މިދަނީ ޤާނޫނީ ހުސްކަމަކަށްކަމަށާއި މަޖިލީހުގެ ޤާނޫނާއި ހިލާފަށް މަޖިލީހުގެ ބާރު މިވަނީ ކަނޑުވާލާފަކަމަށް ވިދާޅުވިއެވެ.

އިތުބާރު ނެތް ރައީސަކާއި އެކު ކިހިނެއްތޯ މަޖިލީހުގެ މަސައްކަތްތައް ކުރިއަަށްގެންދެވޭނީ ޝަރީފްވަނީ ސުވާލް އުފައްދަވާފައެވެ. ކަން މިހެން އޮތް ނަމަ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަން ވެސް ނުނިމޭނެކަމަށާއި އިތުބާރު ނެތް ރައީސަކާއި އެކު އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ހުވާ ވެސް ސައްހައެއް ނުވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
60%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: