ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު ތާށިވެފައިއޮތުން ހިތާމަވެރި: ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑަސްޓްރިއަލް ރިލޭޝަންސް ބިލާއިމެދު ދިގުކޮށް ވާހަކަތައް ދެކެވެމުންދާކަމަަށާއި އެހެންނަމަވެސް މަޖިލީހުގައި ތާށިވެފައި އޮތްކަމާއިމެދު ހިތާމަކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، އިންޑަސްޓްރިއަލް ރިލޭޝަންސް ބިލަކީ ވަޒީފާ ދޭ ފަރާތާއި އަދާކުރާ ފަރާތް ދެމެދު އޮންނަ ގުޅުން ހަރުދަނާ ބިންގަލެއްގެ މައްޗަށް ބިނާކުރުމަށް މުހިންމު ބިލެއްކަމަށެވެ. އެހެންނަމަވެސް މުހިންމު ބިލެއް ހުށައެޅި ގިނަ ދުވަސްތަކެއް ވެފައިވާއިރުވެސް ވޯޓަކާއި ހަމައަށް ނުގޮސް މަޖިލީހުގެ ތަޅުމުގައި ތާށިވެފައިވާތީ ހިތާމަކުރައްވާކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ބިލު ވީހާވެސް އަވަހަކަށް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އިލްތިމާސްކުރައްވާކަމަށެވެ. ޝަރީފް ވިދާޅުވީ ފެހި ގާނޫނުއަސާސީ ފާސްކުރި ފަހުން ފަނަރަ އަހަރުވެފައިވާކަމަށާއި އެހެންނަމަވެސް ބަޔާންކޮށްފައިވާގޮތަށް މަސައްކަތްތެރިންގެ ޖަމިއްޔާ އުފެއްދުމުގެ ހައްގު ލިބިދިނުމަށްޓަަކައި ގާނޫނެއް އެއްވެސް ސަރުކާރަކުނާއި މަޖިލީހަކުންވެސް ފާސްކޮށްފައިނުވުމަކީވެސް ހިތާމަވެރިކަމެއްކަމަށެވެ.

ގާނޫނުއަސާސީގައިވާގޮތަށް މަސައްކަތްތެރިންގެ ހައްގުތަކާއި އުޖޫރަ ކަނޑައެޅުމަށާއި މަސައްކަތްތަކުގެ މާހައުލުގައި ލިބޭ ހައްގުތައް ކަށަވަރުކޮށް ރައްކައުތެރިކުރުމަށްޓަކައި ފާސްކުރަންޖެހޭ ގާނޫނުވެސް މިހާތަނަށް އެއްވެސް މަޖިލީހަކުން ފާސްކޮށްފައިނުވާކަމަށެވެ. އޭނާ ވިދާޅުވީ، ދިވެހިރާއްޖޭގައި އިންޑަސްޓްރިއަލް މަސައްކަތްތައް ކުރާ މީހުންނާއި އެހެނިހެން އެކި މަސައްކަތްތައް ހިންގާ މީހުންގެ ހައްގުތައް  ހިމާޔަތްކުރުމަށާއި ވަޒީފާތައް އަދާކުރާ މީހުންގެ ދެމެދު އޮންނަ ގުޅުން އެކަށީގެންވާ ގާނޫނީ ބިންގަލެއްގެ މައްޗަށް ފަރުމާކުރުމަށްވެސް ބޭނުންވާ ގާނޫނެއް ނެތްކަމަށެވެ.

އޭނާ ވިދާޅުވީ، އެހެންކަމުން ސަރުކާރުން މަޖިލީހަށް އެ ބިލު ހުށައަޅާފައިވާތާ އެތައް ޒަމާނެއް ވެފައިވާއިރު ބިލުގައި ހުރި މުހިންމު ކަންކަމާއިމެދު ބަހުސްކުރުމުގެ ބަދަލުގައި ސިޔާސީ މަގުސަދެއް ހާސިލުކުރުމުގެ ގޮތުން ތަފާތު އެކި ވާހަކަތައް ދައްކަމުންދާކަމާއިމެވެސް ހިތާމަކުރައްވާކަމަށެވެ.

ޝަރީފް ވިދާޅުވީ، ސަރުކާރުން މަސައްކަތްތެރިންގެ މާހައުލު ރައްކައުތެރިކުރުމަށް ބޭނުންވާ އުސޫލުތަކާއި އަސާސްތަކާއި ހަމަތައް ގާއިމުކުރުމަށް ބޭނުންވާ ގާނޫނީ ބާރު ދިނުމަށް އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު މަޖިލީހުން ބަލައިގަންނަން ޖެހޭކަމަށެވެ. އޭނާ ވިދާޅުވީ، ގާނޫނެއް އެކުލަވާލުމުގެ މަސައްކަތްތަކާއިގެން ކުރިއަށް ދިއުން މުހިންމުކަމަށެވެ. އެހެންކަމުން ސިޔާސީ ތަފާތުވުންތައް އެއް ފަރާތްކުރުމަށް ޝަރީފް އިލްތިމާސްކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: