ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓުންނަކީ ޕީއެންސީއިން ބައްސުވާއެއް ލިބޭތޯ އާދޭސްކުރާ ޕާޓީއެއް: ޝަރީފް

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިމޮކްރެޓްސްއަކީ ވެރިކަން ކުރާ ޕާޓީއިން “ސުވާއެއް ބައްސުވާއެއް” ލިބޭތޯ އާދޭސްކުރަމުންދާ ކުދިކުދި ޕާޓީތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ޕާޓީއެއްކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝަރީފްވަނީ އެމްޑީޕީއަށް އަމާޒުވަމުންދާ ބައެއް ފާޑުކިޔުންތަކަށް ރައްދު ދެއްވާފައެވެ.

އޭނާ ވިދާޅުވީ، ޑިމޮކްރެޓްސްއަކީ އެންމެ 7 އިންސައްތަކަމަށެވެ. އޭނާ ވިދާޅުވީ، އެމްޑީޕީއަކީ އެއްލައްކަ ނުވަ ހާހަށްވުރެ އިތުރަށް ވޯޓު ކާމިޔާބުކުރި ޕާޓީއެއްކަމަށާއި އެ އަދަދާއި ފަނަރަހާސް ވޯޓާއި ދެމެދު ބެލުމުން ހަރަދުނާ ބަޔަކީ ކޮބައިކަން ސާފުވެގެންދާނެކަމަށެވެ.

ޝަރީފް ވިދާޅުވީ، ކޮންމެ ގައުމެއްގައިވެސް އޮންނާނީ މައި ދެ ޕާޓީއެއްކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ވެރިކަން ކުރާ ޕާޓީއަކާއި އިދިކޮޅު ޕާޓީއެއްކަމަށާއި މިވަގުތު ރާއްޖޭގައި އޮތް ހަމަ އެކަނި އިިދިކޮޅަކީ އެމްޑީޕީކަމަށެވެ.

ޝަރީފް ވިދާޅުވީ، ދެން ތިބީ ވެރިކަން ކުރާ ޕާޓީއިން ސުވާއެއް ބައްސުވާއެއް ލިބޭތޯ އާދޭސްކޮށްކޮށްތިބި ކުދި ކުދި ޕާޓީތަކެއްކަމަށާއި އެ ޕާޓީތަކުގެ ތެރެއިން 7 ޕަސެންޓުގެ ޑިމޮކްރެޓުން ފާހަގަކޮށްލެވޭކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޑިމޮކްރެޓުންވަނީ އެ މީހުން މުޅި ހަޔާތުގައި ސިޔާސީ ގޮތުން ވަކާލާތުކުރި ހުރިހާ ކަމެއް އޮޅާލައި އެކޮޅު ކޮޅުން ޖަހާފައިކަމަށެވެ. އޭނާ ވިދާޅުވީ، މިއަދު ފެންނަމުންދަނީ އެ ބަޔަކާ ދެކޮޅަށް މުޅި ސިޔާސީ ހަޔާތް ބިނާކުރުމަށްފަހު ޑިމޮކްރެޓުން އެ މީހުންގެ ފަހަތުން ސަލާންޖަހަމުންދާ މަންޒަރުކަމަށެވެ. އޭނާ ވިދާޅުވީ، ސަލާން ޖަހާ ވަށިގަނޑު ހިފައިގެން ދާ ހިސާބަށް ކަން ގޮސްފައިވާކަމަށެވެ.

ޝަރީފް ވިދާޅުވީ، އެއީ ސާފުކޮށް ފެންނަން އޮތްކަމެއްކަމަށާއި ޕީއެންސީ އާއި ޑރ މުހައްމަދު މުއިއްޒު ޑިމޮކްރެޓުންނަށް އެއްޗެއް ދެއްވިއްޔާ ލިބިގެންދާނެކަމަށް އަދި ނުދެއްވާ ނަމަ ނުލިބޭނެކަމަށްވެސް ޝަރީފް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ޕީއެންސީއިން ޑިމޮކްރެޓުންނަށް މާ ބޮޑު އެއްޗެއް ދޭނެކަމަށް ދެކިވަޑައިނުގަންނަވާކަމަށެވެ. ޝަރީފް ވިދާޅުވީ، ޑިމޮކްރެޓުންގެ ކިބައިން ފެނިގެންދަނީ ހިޔާނާތްތެރިކަމާއި ސުލޫކެއް، އަހުލާގެއް ނެތްކަން ކަމަށެވެ.

ވަރަށް ގަދަ
7%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 93%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: