ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒުވާނުންގެ ޑިމާންޑުތައް ފުއްދޭނީ އިގްތިސާދު ފުޅާކުރެވިގެން: ޝަރީފް

އިބްރާހިމް ޝަރީފް --- ފައިލް ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ޒުވާނުންގެ ޑިމާންޑުތައް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންކަމަށްވުމުން، އެ ކަންކަން ހާސިލުކުރުމަށް ބޭނުންވާ މިންވަރަށް އާމްދަނީ ލިބޭނީ ފުޅާވަމުންދާ އިގްތިސާދަކާއިއެކުކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތަށް އަލިއަޅުއްވައި ކުރެއްވި އެކްސްއެއްގައި ޝަރީފް ވިދާޅުވީ، ދުނިޔޭގެ އިގްތިސާދު ނާޒުކު ފައްތަރެއްގައި އޮތް އިރު ދިވެހި އިގްތިސާދު އޮތީ ދުޅަހެޔޮ ހާލަތެއްގައިކަަމަށެވެ. އަދި އިގްތިސާދުކުރުމުގެ އަސާސްތައްވެސް ޖުމުލަ ގޮތެއްގައި ހުރީ ވަރުގަދަކޮށްކަމަށާއި އެހެންނަމަވެސް ދަރަނީގެ މައްސަލައާއިމެދު ކަންބޮޑުވުންތައް ހުރިކަމަށް ހިއްސާކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ، ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެގެންދިޔަ ދަތިތަކުން އަރައިގަތުމުގެ މަރުހަލާގައި އޮތް އިރު، އައު ސަރުކާރުން ދިވެހި އިގްތިސާދު އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް އަޅާނެ ފިޔަވަޅު ބެލުމަށް ރައްޔިތުން ތިބީ ކެތްމަދުވެފައިކަަމށެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގައި މިއަދު އޮތް ޒުވާނުންގެ އާބާދީއަކީ، އެ މީހުންގެ މައިންބަފައިންނާއި ވަރަށް ތަފާތު ކަންކަމަށް އެދެމުންދާ ބައެއްކަަމަށެވެ. ޝަރީފް ވިދާޅުވީ އެކަންކަމުގެ ތެރޭގައި މިހާރަށްވުރެވެސް ފެންވަރު ރަނގަޅު ބޯހިޔާވަހިކަމާއި، އާންމު ހިދުމަތްތަކުގެ ޑިމާންޑުވެސް ދަނީ ބޮޑުވަމުންކަމަށެވެ. އެހެންކަމުން އިތުރުވަމުންދާ ޑިމާންޑުތައް ފުއްދައިދިނުމަށް ބޭނުންވާ މިންގަނޑަށް ފައިނޭންސް ހޯދޭނީ އިތުރުވަމުންދާ ޑިމާންޑާއި އެއްގޮތަށް ފުޅާވަމުންދާ އިގްތިސާދެއް މެދުވެރިކޮށްކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: