ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިހާބުގައި ވޯޓްލުމުގެ ހައްގު 282755 މީހަކަށް ލިބިގެންވޭ: އިލެކްޝަންސް ކޮމިޝަން

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓްލުމުގެ ހައްގު 282،755 މީހަކަށް ލިބިގެންވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ފަރާތުން  އާއްމުކުރި ވޯޓްލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓްގައި 144،408 ފިރިހެނަކާއި 138،347 އަންހެނަކަށް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިގެންވެއެވެ. މިއަހަރު އަލަށް 18 އަހަރު ވާ 21،000 ޒުވާނަކަށް ވޯޓްލުމުގެ ހައްގު ލިބިގެންދާނެ ކަމަށް އިލެކްޝަންގެ ވެބްސައިޓްގައި އާއްމު ކުރި ލިސްޓްގައިވެއެވެ.

2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓްދިނުމުގެ ހައްގު ލިބިފައިވަނީ 262،135 މީހުންނަށެވެ. އެހެންކަމުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި 2018 ވަނަ އަހަރަށްވުރެ އިތުރަށް 197،55 މީހަކު ވޯޓްލާނެއެވެ. މިއީ 10 އިންސައްތައިގެ އިތުރުވުމެކެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު އާއްމު ކުރެވުނު ލިސްޓާއެކު ހުޅުވާލާފައެވެ. ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 30 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ ބޭފުޅުންގެ ފޯމް ހުށަހެޅުމުގެ ފުރުސަތު ޖުލައި 23 އިން އޮގަސްޓް 3 އަށް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިންތިހާބުގައި ވާދަކުރާ ފަރާތްތަކުގެ ނަންތައް ތަރުތީބު ކުރުމަށްފަހު އޮގަސްޓް 10 ވަނަ ދުވަހު ކެމްޕޭން ކުރުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލަ ހަބީބް ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓްލާ މީހުންގެ ލިސްޓް ސައްހަ ކުރުމަށް ފަރުދުންނާއި ސިޔާސީ ޕާޓީޓަކުން މަސައްކަތް ކޮށްދެއްވުމަށް އެދޭކަމަށެވެ.

ކެމްޕޭން ކުރުމުގެ ފުރުސަތު ބަންދުވާނީ ސެޕްޓެމްބަރު މަހުގެ 08 ވަނަ ދުވަހުއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު  މަހުގެ 09 ވަނަ ދުވަހުއެވެ. އަދި ދެވަނަ ބުރަކަށްދާ ނަމަ 30 ސެޕްޓެމްބަރުގައި ދެވަނަ ބުރުގެ ވޯޓްލުން ބޭއްވުމަށް އިލެކްޝަންސް އިން ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: