ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންއެފް އުފެއްދުމަށް ހުއްދަ ދިނުމަމެދު މާދަމާ ގޮތް ނިންމާނެ!

އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވުމަށް މަސައްކަތްކުރައްވަމުންދާ ޕީޕަލްސް ނެޝަނަލް ފްރަންޓު އުފެއްދުމަށް ހުއްދަ ދިނުމާއިމެދު މާދަމާ ގޮތެއް ނިންމާނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބުރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު އާއި ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ރައީސް ޔާމީން ވަނީ ޕީޕީއެމް ދޫކުރައްވައި އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތްތައް ފައްޓަވާފައެވެ. އެމަނިކުފާނުގެ ފަރާތުން މި މަސައްކަތްތަކުގައި އިސްކޮށް އުޅުއްވަނީ ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި ކުރީގެ ނައިބުރައީސް އަދި އެމަނިކުފާނުގެ އިސް ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދުއެވެ. އެމަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީންވެސް މި މަސައްކަތްތަކުގައި ޝާމިލުވެވަޑައިގަންނަވައެވެ.

ރައީސް ޔާމީން ބޭނުންވެވަޑައިގަތީ މި ޕާޓީ 8 މުއައްސިސެއްގެ މައްޗަށް ރެޖިސްޓްރީކުރުމަށެވެ. އެހެންނަމަވެސް އިލެކްޝަންސްއިން ޕާޓީ ރެޖިސްޓްރީކޮށްދެނީ އެކަކުގެ މައްޗަށްކަމަށްވުމުން އެމަނިކުފާނުވަނީ ދަރިކަލުން ޒޭންގެ ނަން މައްޗަށް ޕާޓީ ރެޖިސްޓްރީ ކުރެއްވުމަށް ނިންމަވާފައެވެ.

ހަބީބު އޭނާގެ އެކްސް އެކައުންޓު މެދުވެރިކޮށް ހިއްސާކުރެއްވިގޮތުން ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި ހުށައަޅާފައިވާ ހުށައެޅުމާއިމެދު މާދަމާގެ 14:00 ބޭއްވުމަށް ހަމަޖެހިފައިވާ ކޮމިޝަންގެ ޖަލްސާގައި ގޮތް ނިންމާނެކަމަށެވެ.

މާދަމާގެ ވަގުތެއްގައި ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާއިމެދު ގޮތް ނިންމަވާނެކަމަށް ހަބީބު ހިއްސާކުރެއްވިއިރު، ރައީސް ޔާމީން އަދި ޕީއެންފްގެ މެމްބަރުންވަނީ ޕާޓީގެ ބައެއް މަސައްކަތްތައްވެސް ކުރައްވާފައެވެ. އެގޮތުން ޕީޕީއެމްގެ އޮފީސް ހުރި އިމާރާތުގައި ޕާޓީ އޮފީސް ބިނާކޮށްފައިވާއިރު، އިލެކްޝަންއަށް ހުށައެޅުމުގެ ގޮތުން ފޯމު ފުރައި ތައްޔާރުކުރުމުގެ މަސައްކަތްތައްވެސް ކުރަމުންދާކަންވެސް ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: