ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާތަނަށް އިންތިހާބީ މައްސަލައެއް ނެތް: އިލެކްޝަންސް

އިލެކްޝަންސް ކޮމިޝަން އީސީގެ ރައީސް ފުއާދު ތައުފީގު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

2023ގެ ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ތެރެއިން މިހާތަނަށް މައްސަލައެއް ފާހަގަކުރެވިފައިނުވާކަމަށް އިލެކްޝަންސްއިން ބުނެފިއެވެ.

އިލެކްޝަންސްއިން ބުނެފައިވާގޮތުން، ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު ކަނޑައެޅިފައިވާ ގަޑިއަށް ހުޅުވާލެވިފައިވެއެވެ. އެގޮތުން މިއަދު ހެނދުނު 8:00 ގައި ވޯޓު ލުން ފެށުނު އިރު، ވޯޓު ފޮށިތައް ބަނދުކުރުމަށް ކަނޑައެޅިފައިވަނީ ހަވީރު 16:00 ގައެވެ. އިލެކްޝަންސް އިން ބުނެފައިވާގޮތުން މިހާތަނަށް އެއްވެސް އިންތިހާބީ މައްސަލައެއް ފާހަގަކުރެވިފައިނުވެއެވެ. އެހެންނަމަވެސް ރާއްޖޭގެ އެކި ސަރަހައްދުތަކާއި ރާއްޖެއިން ބޭރުގެ ގައުމުތައްވެސް ހިމެނޭ ގޮތަށް 574 ފޮއްޓެއް ބެހެއްޓިފައިވުމާއިއެކު ފޮށިތަކާއި ހަވާލުވެ ތިއްބެވި މީހުންގެ ފަރާތުން މައުލޫމާތުތައް ސާފުކޮށް ހޯދުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: