ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ އަވަހަށްވެސް ނިޒާމީ ވޯޓެއް ނެގޭނީ އަންނަ މަހު: އީސީ

އީސީގެ ރައީސް ފުއާދު އާއި ނައިބު ރައީސް ހަބީބް އީސީގެ ނިއުސް ކޮންފަރެންސެއްގައ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ފެނޭތޯ އެހުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހިއްޖެ ހާލަތެއްގައި އެންމެ އަވަހަށްވެސް އެކަން ކުރެވޭނީ އޮކްޓޯބަރުގެ ތެރޭގައިކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

ނިޒާމާއި ބެހޭ ވޯޓެއް ނެގުމަށް މަޖިލީހަށް ހުށައަޅާފައިވާ ގަރާރު ބަލައިގަނެފައިވުމާއިއެކު، ހަބީބުވަނީ އެކަން ކުރުމާއި ގުޅޭގޮތުން ސޯޝަލްމީޑިއާގައި މައުލޫމާތު ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ، ނިޒާމީ ވޯޓެއް ނަގަން ޖެހިއްޖެ ހާލަތެއްގައި  އިންތިހާބާއި ބެހޭ އާންމު ގާނޫނުގައި ވާ ހަމަތަކަށް ރިއާޔަތްކުރަންޖެހޭނެކަމަށެވެ. އެގޮތުން އިންތިހާބު ބޭއްވުމަށްޓަކައި މަދުވެގެން 30 ދުވަހާއި 45 ދުވަހާއި ދެމެދު މުއްދަތެއް ބޭނުންވާނެކަމަށާއި، އެކަމަށް 40 މިލިއަން ރުފިޔާއާއި ގާތް ކުރާ އަދަދެއް ހަރަދުވާނެކަމަށެވެ.

ހަބީބު ވިދާޅުވީ، މިހާރު ކަން އޮތް ގޮތުން އެންމެ މުހިންމު ކަމެއް ގޮތުގައި ފެނިގެންދަނީ، އެފަދަ ވޯޓެއް ނެގުމުގެ މަގުސަދާއިމެދު މީހުން ހޭލުންތެރިކުރުމުގެ މަސައްކަތްތައް ކުރުންކަމަށެވެ. އެގޮތުން ވަކި ނިޒާމަކަށް ތާއީދުކޮށް ވޯޓުލާއިރު، އެ ނިޒާމެއްގައި ލިބިގެންދާ ފައިދާތަކާއި ގެއްލުންތަކުގެ މައްޗަށް ވޯޓުލާ މީހުން ހޭލުންތެރިކުރުވުމަކީ އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ޒިންމާއެއްކަމަށާއި މިހާރުން މިހާރަށް އެފަދަ ވޯޓެއް ނެގެން ނެތްކަމަށް ހަބީބު ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުން ދެކޭ ގޮތް ބެލުމަށް އާންމު ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.

މަޖިލީހަށް މި ގަރާރު ތައާރަފުކުރިިއިރު ހުށަހަޅާފައިވަނީ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުން ދެކޭ ގޮތް ބެލުމުގެ ވޯޓު ނޮވެމްބަރު 30 ގެ ކުރިން ނެގުމަށެވެ. ނަމަވެސް އިލްޔާސް މިއަދު އެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ އޮކްޓޫބަރު 30 ގެ ކުރިން އެ ވޯޓު ނެގުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: