ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު މާލީ ބަޔާން ހުށަހަޅަން ޖެހޭ ކެންޑިޑޭޓުންގެ ތަފްސީލު ވަނީ ލިބިފައި: އީސީ

ރިޔާސީ ކެންޑިޑޭޓުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށައަޅަންޖެހޭ ހުރިހާ ކެންޑިޑޭޓުންވެސް ހުށައަޅާފައިވާކަމަށް އިލެކްޝަންސްއިން ހާމަކޮށްފިއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރޭގައި މާލީ ބަޔާން ހުށައަޅުއްވަންޖެހެނީ މިނިވަން ކެންޑިޑޭޓު ފާރީސް މައުމޫން އަދި މުހައްމަދު ޒަމީލު އާއި މިނިވަން ކެންޑިޑޭޓު އުމަރު ނަސީރުގެ އިތުރުން ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވި އިލްޔާސް ލަބީބު އާއި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރެއްވި ގާސިމް އިބްރާހިމްއެވެ. އިލެކްޝަންސްއިން ހާމަކޮށްފައިވާގޮތުން އެންމެހާ ބޭފުޅުންވެސްވަނީ ހުށައަޅަންޖެހޭ ވަގުތުގެ ކުރިން ބަޔާންތައް ހިއްސާކޮށްފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރެއްވި ޕީއެންސީގެ ޑރ މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ އިބްރާހިމް މުހައްމަދު ސާލިހުގެ މާލީ ބަޔާންތައް ހުށައެޅުމަށް ކަނޑައެޅިފައިވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށްކަމަށްވެސް ބުނެފައިވެއެވެ.

މާލީ ބަޔާން އީސީއަށް ހުށައަޅަން ޖެހޭ މުއްދަތުގެ ތެރޭގައި ބަޔާން ހުށަނާޅާނަމަ މިހާރު އޮންނަގޮތުން ޖޫރިމަނާ ކުރެވޭނެ އެވެ. އެގޮތުން މީގެ ކުރިންވެސް ވަނީ މާލީ ބަޔާން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަ ނުވާތީ އިންތިހާބުތަކުގައި ކެންޑިޑޭޓުން ޖުރިމަނާ ކޮށްފައެވެ

އެގޮތުން ކ. ގުރައިދޫ ދާއިރާގެ މަޖިލިސް އިންތިހާބުގައި ވެސް މާލީ ބަޔާން ހުށައެޅުމުގައި ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަ ނުވާތީ އެ ދާއިރާއަށް ވާދަކުރެއްވި ކެންޑިޑޭޓުން ޖޫރިމަނާ ކޮށްފަވެއެވެ.

ރިޔާސީ އިންތިހާބަށް ވާދަ ކުރައްވާ ކެންޑިޑޭޓުންގެ މާލީބަޔާން ހުށައެޅުމާއި ގުޅޭގޮތުން އީސީން މާލީ ބަޔާން އޮންނަންޖެހޭ ގޮތުގެ އުސޫލެއްވެސް އިންތިހާބުގެ ކުރިން ކަނޑައެޅިއެވެ.

މިގޮތުން އީސީއާއި، އޭސީސީ އާއި، އޮޑިޓާ ޖެނަރަލް އޮފީހާއި، އެކުގަ ކުރެވުނު މަޝްވަރާތަކަށްފަހު ކެންޑިޑޭޓުން އިންތިހާބަށް ބޭނުންވާ ހަރަދު ކުރުމަށް ވަކި އެކައުންޓެއް ބޭނުންކުރެވޭ ގޮތަށް ހަމަޖައްސާފަވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: