ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއާރުއެމް އާއި އެމްޑީޕީގެ ކޯލިޝަންގެ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

އެމްއާރުއެމް އާއި އެމްޑީޕީ ކޯލިޝަންގެ ބައެއް އިސްވެރިން ރޭގެ ބައްދަލުވުމުގައި ބައިވެރިވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އާއި އެމްޑީޕީ ކޯލިޝަންގެ ބައްދަލުވުމެއް ރޭ އެމްއާރުއެމް އޮފީހުގައި ބާއްވައިިފިއެވެ.

އެމްޑީޕީ ކޯލިޝަން އާއި އެމްއާުރުއެމް އިން ބޭއްވި ބައްދަލުވުމުގައި އެޕާޓީން ވަނީ މައިގަނޑު 4 ކަމެއް ހުށަހަޅާފައެވެ. އެގޮތުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އަދި އިސްތިޤުލާލަށް ކިތަންމެ ކުޑަނަމަވެސް އުނިކަމެއް ނާންނާނެކަން ކަށަވަރު ކުރުމަށްޓަކައި މަޢުލޫމާތަށް ވަނީ އެދިފައެެވެ. އަދި ދިވެހި ރައްޔިތުންގެ މަސްލަޙަތާއި އެމް.އާރް.އެމްގެ އުޞޫލުތައް ނެގެހެއްޓޭ ގޮތަށް ސަރުކާރު ހިންގޭނެކަން ކަށަވަރު ކުރުމާއި ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރެވިފައެވެ.

ކޯލިޝަން އެއްބަސްވުމަށް އިޙްތިރާމުކޮށް އެއްބަސްވުމާއި އެއްގޮތަށް ދެފަރާތުން ވެސް ޢަމަލު ކުރާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ހޯދައި ދެވޭނެ ގޮތެއް ހޯދުމާއި ބެހޭ ގޮތުން އެމްޑީޕީ ކޯލިޝަންގެ މެމްބަރުންނާއި މަޝްވަރާ ކުރެވިފައިވާ ކަމަށް އެމްއާރު އެމް އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ސަރުކާރުގެ ސިޔާސަތުތަކާއި ޤައުމަށް ދިމާވެފައިހުރި ބޮޑެތި ގޮންޖެހުންތައް ރިފޯމް ކުރާނެ ގޮތްތަކާއި އެކަމުގެ ހައްލުތަކާއި ދިވެހިރާއްޖޭގެ ވެރިކަން ކުރާ ނިޒާމަކީ ރިޔާސީ ނިޒާމުގެ ގޮތުގައި ދަމަހައްޓާނެ ކަމުގެ ޔަޤީންކަން ދެމެހެއްޓުމާއި ގުޅޭގޮތުން ވެސް މަޝްވަރާކުރެވިފައިވެއެވެ.

އެމްއާރުއެމް އިން ބުނީ  މަތީގައި ބަޔާންކުރެވުނު ކަންކަމުގެ އިތުރުން، އިތުރު ސިޔާސަތުތަކާއެކު ތަފްސީލީ މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންދިޔުމަށް ވެސް ރޭގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

އެމްއާރުއެމްގެ ފަރާތުން އެމްޑީޕީ އާއި އެކު ބައްދަލުވުމެއް ބާއްވާފައިވަނީ އިޓްލޮސް އިން ޗާގޮސްގެ މައްސަލަ ރާއްޖެއިން އެދުުނު ގޮތަށް ނިންމާފައިވަނިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: