ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެއަރ ސޮސައިޓީގެ ފަންޑުފޮށިތަކެއް ވެލާނާ އެއަރޕޯޓްގައި ބަހައްޓަނީ

އެމްއޭސީއެލްގެ ޑީއެމްޑީ އިބްރާހިމް ތާހާ / ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކެއަރ ސޮސައިޓީގެ ފަރާތުން ފަންޑް ފޮށިތަކެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ބެހެއްޓުމަށް ހަމަޖެހިއްޖެއެވެ.

އެމްއޭސީއެލްގެ ސީއެސްއާރުގެ ދަށުން ކެއަރ ސޮސައިޓީ އާއި އެކު މިއަދު ގާއިމްކުރެވުނު އެއްބަސްވުމުގެ ދަށުން މައިގަނޑު ތިން ކަމެއް ކުރަން ވަނީ ހަމަޖެހިފައެވެ. އެގޮތުން ހަތަރު ދަރިވަރަކަށް އިންޓާރންޝިޕް މަސައްކަތުގެ އަމަލީ ތަޖުރިބާ އެމްއޭސީއެލްގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހޯދުމުގެ ފުރުސަތު ދިނުމާއި، ވޮކޭޝަނަލް ޓްރެއިނިންގ ދެދަރިވަރެއްގެ ފީ އެމްއޭސީއެލް އިން އެއް އަހަރު ދުވަހަށް ސްޕޮންސަރ ކުރުމަށް ހަމަޖެހިފައިވެއެވެ. ތިންވަނަ ކަމެއްގެ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޓާމިނަލްގައި ދެ ފަންޑުފޮށި ބެހެއްޓިގެން ދާނެ ކަމަށް އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރު އިބްރާޙިމް ތާހާ ވިދާޅުވިއެވެ.

މިއަދު އެމްއޭސީއެލްގެ ހެޑްއޮފީހުގައި ކުރިއަށްދިޔަ ހަފްލާގައި އިންޓަރންޝިޕް ލިބުނު ދަރިވަރުންނާއި އޮފަރ ލެޓަރ ވަނީ ހަވާލްކޮށްފައެވެ. ދަރިވަރުންނާއި އޮފަރ ލެޓަރތައް ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ ޑީއެމްޑީ ތާހާ އެވެ.

ރަސްމިއްޔާތުގައި ކެއަރ ސޮސައިޓީގެ އެގްޒެކްޓިވް ޑައިރެކްޓަރު އަހްމަދު އާތިފް ވިދާޅުވީ އެ ސޮސައިޓީއަށް 25 އަހަރު މިއަހަރުގެ ނޮވެމްބަރު 8 ވަނަ ދުވަހަށް ފުރިގެންދާނެ ކަމަށެވެ. ސަރުކާރުގެ ސިޔާސަތު ވުޖޫދަށް އައުމުގެ ކުރިންވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަޅާލާ ތައުލީމް ދިނުމާއި މަސައްކަތްތެރިކަމުގައި ކެއަރ ސޮސައިޓީ އުފެދިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އާތިފް ވިދާޅުވިއެވެ. އެހެންކަމުން އެތާރީހު ދަމަހައްޓަން ބޭނުންވާ ކަމަށް އާތިފް ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވެވޭނީ ރާއްޖޭގެ އެކިފަރާތްތައް ގުޅި ވަކިން ހާއްސަކޮށް ބޮޑެތިކުންފުނިތަކުގެ ސީއެސްއާރުގެ ދަށުން ކުރެވޭ ކަންތައްތަކާއި އެސޮސައިޓީއާއި ގުޅިގެން ކަމަށެވެ. އެގޮތުން އެމްއޭސީއެލް އާއި މަސައްކަތް ފެށިފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި ބޮޑެތި ކުންފުނިތަކުން ކެއަރ ސޮސައިޓީން ފެށި މަސައްކަތް ފަދަ ކަންކަމަށް ކުރިއަށްވުރެ ބޮޑަށް އިސްކަން ދޭނެ ކަމަށް އާތިފް ވިދާޅުވިއެވެ.

އެމްއޭސީއެލް އަޅުގަނޑުމެންނަށް ހާއްސަވަނީ އެއީ ރާއްޖޭގެ މަގަތު ފާލަން. އެއީ ހުރިހާ ރާއްޖެ ޒިޔާރަތްކުރާ ފަރާތްތައްވެސް މި ދޮރާށި ޕާސްކޮށްފައި ދެވޭނީ. އެހެންވީމަ ހާއްސަކޮށް ތިބޭފުޅުންގެ އުސޫލުތަކާއި މިންގަނޑުތަކާ އެކުރައްވާ އެކި ކަންތައްތަކުގައި ތިލަފަތް ހަމަގޮތްތަކެއް ހުރެއްޖިއްޔާ އެއީ ތިބޭފުޅުންނަށްވެސް އަދި އެހެން ފަރާތްތަކަށް ވެސް ދެއްކޭ ވަރަށް ބޮޑު ނަމޫނާއެއް.

އާތިފް ވިދާޅުވީ ކެއަރ ސޮސައިޓީގެ ދަރިވަރުންގެ އިންޓާރންޝިޕްގެ ނިންމާ ދަރިވަރުން ވަޒީފާތަކަށް އަހުލުވެރިވެ ވަޒީފާ އަދާ ކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ކެއަރ ސޮސައިޓީން އަބަދުވެސް މަސައްކަތް ކުރަނީ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އެހާ ބޮޑަށް ސަރުކާރަށް ނުކުރެވޭ ކަންތައްތަކާއި ސޮސައިޓީގެ ފަރާތުން ބޮޑަށް މަސައްކަތްކޮށްގެން ކުރިއަށް ދިއުން ކަމަށް އާތިފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: