ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ރައީސް ނަޝީދަށް ވެސް އިންސާފު ނުދިން ސަރުކާރެއް: އަލީ ހުސެއިން

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ސަރުކާރުން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ހޯދައި ނުދެވުނު އިންސާފު އެހެން މީހަކަށް ހޯދައު ނުދެވޭނެކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

2020، މޭއި 06 ގައި ރައީސް ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައި ދިން ޓެރަރިޒަމްގެ ހަމަލާއަށް ދެ އަހަރު ފުރުނުއިރު އަދިވެސް އިންސާފެއް ނުލިބެ އެވެ. ހަމަލާގެ ފަހަތުގައި ވަނީ ކޮންބައެއްކަމާއި، މިއީ ކާކުގެ ފަންޑު ކުރި ހަމަލާއެއްކަން ތަހުގީގަށް ހޯދިފައި ނުވުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.

މައްސަލައިގައި ދިހަ މީހެއްގެ މައްޗަށް ޝަރީއަތް ކުރިޔަށްދާއިރު، އޮތް އެންމެ ބޮޑު ސުވާލަކީ އެ މީހުންގެ މައްޗަށް ކުށް ސާބިތު ކުރެވޭ މިންވަރަށް ހެކި ހުރިތޯ އެވެ. އަދި ހައްޔަރު ކުރި މީހުންގެ މައްޗަށް މީގެ ކުރިން ވެސް މިފަދަ ތުހުމަތުތައް ކުރެވުނުއިރު، އެ މައްސަލަތަކުގައި އެ މީހުން ދޫވެފައި ތިބީ ކިހިނެއްތޯ އާއި ޖަލުން މައާފު ބައެއް މީހުންނަށް ލިބުނު ގޮތާއި ގުޅޭގޮތުން މައުލޫމާތު ސާފުކޮށް ދިނުމަށް ރައީސް ނަޝީދު ވެސް ވަނީ ހުށަހަޅުއްވާފަ އެވެ.

ހަމަލާއަށް އިންސާފު ހޯދައިނުދީ ހިފެހެއްޓުން އެއީ ސަރުކާރުން ބޭނުންވާ ގޮތްކަމަށް، މަޖިލީހުގެ ނައިބު ރައީސް އީވާ ވިދާޅުވެފައި ވާތީ އެކަމަށް ތާއީދު ކުރައްވައި އަލީ ހުސެއިން ވިދާޅުވީ މި ސަރުކާރަކީ އިންސާފުގެ ވާހަކަ ދެއްކޭ ވަރުގެ ސަރުކާރެއް ނޫންކަމަށެވެ. އަދި ރައީސް ނަޝީދަށް ނުދެވުނު އިންސާފު އެހެން މީހަކަށް ސަރުކާރުން ހޯދައިދީފާނެކަމަށް ދެކުމަކީ ކުށްހީއެއް ގޮތުގައި އޭނާ ވިދާޅުވި އެވެ.

 

ސީރިއަސް ބޮޑެތި، ތުހުމަތުތަކެއް ކުރެވޭ މި މައްސަލައިގައި ހިނގި އޮޕަރޭޝަންތަކަށް ފަހު ހައްޔަރު ކުރި މީހުން އަދިވެސް ތިބީ ބަންދުގަ އެވެ. އަދި އެ މީހުންގެ ޝަރީއަތްތައް ކުރިޔަށް ދާއިރު މިހާތަނަށް މައްސަލައިގެ ހުކުމެއް އައީ ހަމަލާ ދިނުމުގައި އިސްކޮށް އުޅުނު އަދި ކުށަށް އިއުތިރާފުވި އަދުހަމް އަހުމަދު ރަޝީދުގެ މައްޗަށެވެ. އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލާފައި އޮތުމުގެ ސަބަބުން އޭނާގެ މައްޗަށް އައީ 13 އަހަރުގެ ހުކުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: