ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ދިން ހަމަލާގެ އައު މައުލޫމާތުތަކެއް، މަޖިލީހުން އެދޭނަމަ މައުލޫމާތު ހިއްސާ ކުރަނީ

ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ޕޮލިހުން ހިންގި އޮޕަރޭޝަންގައި މީހަކު ހައްުޔަރު ކުރަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައި ދިން ޓެރަރިޒަމް ހަމަލާގެ އިތުރު ތަފްސީލީ މައުލޫމާތުތަކެއް ލިބިފައިވާކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައި ދިން ހަމަލާއަށް އަންނަ މޭއި 06 އަށް ތިން އަހަރު ވާއިރު ވެސް މިހާތަނަށް މައްސަލަ ކުރިޔަށް ދާނެކަމަށް ބެލެވުނު ސްޕީޑުގައި ކުރިޔަށް ނުދެ އެވެ. އަދި ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާ ދިން މީހުންނަކީ އެމަނިކުފާނަށް ނަފްރަތު ކުރާ ހަރުކަށި ފިކުރުގެ މީހުންކަމަށް ތަހުގީގީ އިދާރާތްތަކުން ބުނި ނަމަވެސް ހަމަލާގެ ފަހަތުގައި އާއި، އެއަށް ފަނޑު ކުރުމުގައި ބަޔަކު އުޅޭނެކަމަށް ގިނަ ބަޔަކު ބުނެ އެވެ.

އެކި ފަހަރު މަތީން ރައީސް ނަޝީދަށް ފާރަލައި ދިން ހަމަލާގެ އިންޓެލިޖެންސް މައުލޫމާތު އެއްވެސް އިދާރާއަކަށް ލިބިފައި ނުވާކަމަށް ބުނެފައިވާތީ އެކަމުގެ ކަންބޮޑުވުންތައް ވެސް އޮތެވެ. އަދި މީޑިއާތަކުން ވެސް ވަނީ އެހާ ގިިނަ ދުވަހު ފާރަލައި، އަދި ހަމަލާ ދޭން އެހެން ފަހަރުތަކުގައި ވެސް މަސައްކަތްކޮށްފައި ވަނިކޮށް އައިއީޑީއެއް ގޮއްވާލަން އުޅޭކަން ނޭނގި އޮތް ސަބަބާއި މެދު ސުވާލު އުފައްދާފަ އެވެ.

ހަމަލާގެ މައްސަލައިގެ ޝަރީއަތްތައް ކޯޓުގައި ކުރިޔަށް ދާއިރު ޖަލު ހުކުމެއް އައިސްފައިވާ ހަމައެކަނި މީހަކީ އައިއީޑީ ގޮއްވާލިކަމަށް ބުނާ އަދުހަމް އަހުމަދު ރަޝީދެވެ. މައްސަލައިގައި 09 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، ފުލުހުން ބުނީ މީގެ ތެރެއިން 04 މީހުންނަކީ ބޮން ތައްޔާރުކޮށް ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވީ މީހުން ކަމަށެވެ. އަދި އެ މީހުންގެ މައްޗަށް ބޮޑެތި ތުހުމަތުތައް ކުރާއިރު، ތުހުމަތު ކުރި އެކަކަށް ދައުވާ ނުއުފުލައި ވަނީ ދޫކޮށްލާފަ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅުވައި ތަފާތު އެކި ތުހުމަތުތައް ރައީސް ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ކުރެ އެވެ. އަދި ތަހުގީގު ހުއްޓުވައި، މަޑުޖައްސާލުމަށް އެމްޑީޕީގެ ލީޑާޝިޕާއި އޭރުގެ ސަރުކާރުގެ އިސްވެރިން މަސައްކަތް ކުރިކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. ހަމަލާގެ ވާހަކަތައް ނުދެކެވޭތާ ގިނަ ދުވަސްތަކަށް ފަހު، މިއަދު މަޖިލީހުގައި ޣައްސާން ތަހުގީގުގެ މައުލޫމާތުތައް ލިބިފައިވާކަމަށް ވިދާޅުވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ކުރެއްވި ސުވާލަށެވެ.

މިނިސްޓަރަށް އިންތި އެދުނީ ރައީސް ނަޝީދަށް ދިން ހަމަލާގެ ފުންމިނަށް ގޮސް އިންސާފު ހޯދައިދޭނެކަމުގެ ޔަގީންކަން ދެވިދާނެތޯ އެވެ. ޖަވާބުގައި ޣައްސާން ވިދާޅުވީ އެ މައްސަލަ ވަރަށް ގާތުން ބަލަމުން ގެންދާކަމަށާއި، މި ހާތަނަށް ލިބުނު ހޯދުންތަކުން ބައެއް އައު ކަންތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

ޣައްސާނަކީ މި މައްސަލައިގައި 241 ކޮމިޓީތައް ކުރިޔަށް ދިޔައިރު އޭރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ބައްދަލުވުންތަކުގައި ހުންނެވި ބޭފުޅެކެވެ. އެހެންކަމުން ކޮމިޓީ މެމްބަރެއްގެ ގޮތުން ޣައްސާން ވަނީ އެ މަސައްކަތުގައި އުޅުއްވާފަ އެވެ.

މިހާރު ފެނިފައި ހުރި ކަންތައްތަކުން ބައެއް މައުލޫމާތު މި މަޖިލީހަށް ހަގީގަތުގައި މި މައްސަލައިގައި އިތުރަށް ހިއްސާކުރަން ދިފާއީ ވުޒާރާގައި އެބަހުރި… އެހެންނަމަވެސް އެ މައުލޫމާތު އަޅުގަނޑުމެންނަށް ހިއްސާ ކުރެވޭނީ ތި ބޭފުޅުން އެ މައުލޫމާތު ހޯއްދަވަން މަސައްކަތް ކުރެއްވީމާ

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މައްސަލައިގައި ފުލުހުންނާއި ސިފައިން ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޮޑެތި އޮޕަރޭޝަންތައް ހިންގި އެވެ. އަދި ތަހުގީގުގެ މައުލޫމާތުތައް ދެމުން ފުލުހުން ބުނީ ރައީސް ނަޝީދަށް ހަމަލަ ދޭން މީގެ ކުރިން ވެސް މަސައްކަތްކޮށްފައިވާކަމަށާއި، އޭގެ ތެރޭގައި އެމަނިކުފާނު ކަސްރަތު ކުރައްވަން ނިކުންނަވާ ވަގުތުތަކުގައި މޭރީ ބްރައުން ކައިރީ އެއްޗެސް ގޮއްވާލަން ރޭވުމާއި، އެމަނިކުފަނުގެ އަނބިކަބަލުން ލައިލާ އަލީގެ ގެކޮޅު މ. ޔާގޫތުގޭގައި ވެސް އެއްޗެއް ގޮއްވާލަން މަސައްކަތް ކުރި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: