ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤާނޫނާއި ހިލާފަށް ބަޖެޓް ހުށަހަޅާތާ 10 އަހަރު ވެއްޖެ: އަލީ ހުސައިން

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ޚަރަދަށް ޒިންމާވާ ޤާނޫނާއި ހިލާފަށް ބަޖެޓް ހުށަހަޅަމުންދާތާ 10 އަހަރު ވެފައިވާކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ މިއަދު މަޖިލީހަށް ހުށަހަޅާފައެވެ. ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅަން ޖެހުނު ނަމަވެސް، މަޖިލީހުގައި ތާށިވެފައި އޮތް ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި އެކު އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުން އެކަމަށް ފުރުސަތު ދީފައެއް ނުވައެވެ. ނަމަވެސް އިއްޔެ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާއި އެކު، ރޭ މަޖިލީހުގެ ރައީސަކަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް އިންތިހާބުކޮށް މިއަދަށް ބަޖެޓު ހުށަހެޅުމަށް ތާވަލު ކުރި އެވެ.

ބަޖެޓް ހުށަހެޅުމާއި އެކު ނިޒާމީ މައްސަލައެއް ނަންގަވައި އަލީ ހުސައިން ވިދާޅުވީ، ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމަށްފަހު ބަޖެޓު ހުށަހެޅުމަށް ދައުލަތުގެ ޚަރަދަށް ޒިންމާވާ ޤާނޫނުގައި ބުނެފައިވާއިރު، މިއަދު ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ ވެސް ޤާނޫނާއި ހިލާފަށް ހުށަހަޅާފައިވާ ބަޖެޓެއްކަމަށް ވިދާޅުވިއެވެ. އަދި މިގޮތައް ފިނޭންސް މިނިސްޓްރީއިން ކަން ކުރައްވާތާ 10 އަހަރު ވެފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެހެން ކަމުން އާ ރައީސަކާއި އެކު އަދި މަޖިލީހުގައިވެސް އާ ރައީސެއް އިންނެވުމާއި އެކު ބަޖެޓުގެ ކަންކަންވެސް އަލުން އިސްލާހުކޮށް ކުރިއަށް ގެންދިއުމަށް އަލީ ހުސައިން ވަނީ މަޖިލީހުގެ ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ. އެގޮތުން މިހާރު ހުށަހަޅާފައިވާ ބަޖެޓް އަލުން ފިނޭންސްއަށް ފޮނުވައިގެން އަލަށް ހަވާލުވާ ސަރުކާރު ހުވާ ކުރެއްވުމަށްފަހު ޤާނޫނުގައިވާ ގޮތައް އަލުން ބަޖެޓް މަޖިލީހަށް ހުށަހެޅުމަށް އޭނާ ގޮވާލެއްވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: