ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކިނޮޅަސް ބަނދަރު ތަރައްގީކޮށް ނިމިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ރ ކިނޮޅަސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ނިމިއްޖެއެވެ.

މި މަޝްރޫއުގެ ދަށުން 31،726 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަރ ބޭސިން ފުން ކުރުމާއި، 15،252 ކިއުބިކް މީޓަރުގެ ސަރަަހައްދެއްގެ ނެރު ފުންކުރުމާއި، 6،100 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަހައްދު ފުންކުރުމާއި 186 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ އިތުރުން 172.30 މީޓަރުގެ ސަރަހައްދެއްގެ މިހާރު ހުރި އެއްގަމުތޮށި މަރާމާތުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން 285 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 65 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 130 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 1،884 އަކަމީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި ކޮންކްރީޓް ޖެޓީއެއް ހެދުމާއި ބީކަން ހަރުކުރުމާއި މޫރިންގ ބްލޮކްސް ހަރުކުރުމުގެ އިތުރުން  ރޭމްޕެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއަކީ 46.55 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

678 މީހުންގެ އާބާދީގެ ރ ކިނޮޅަހުގެ ރައްޔިތުން އާމްދަނީ ހޯދުމަށް މައިގަނޑު ގޮތެއްގައި ކޮށްއުޅެނީ މަސްވެރިކަމާއި ދަނޑުވެރިކަމެވެ. އެގޮތުން ރަށުގައި ކަންނެލި މަސްވެރިކަން ކުރާ 3 އޮޑިފަހަރު އޮންނައިރު، ކަނޑުމަހުގެ މަސްވެރިކަން ކުރާ އެއް އޮޑި އޮވެއެވެ. ދަނޑުވެރިކަމަށް ބަލާއިރު، ކައުންސިލުން ދޫކޮށްފައިވާ 4،000 އަކަފޫޓުގެ 62 ބިމުގައި މިހާރުވެސް ރަނގަޅު ފެންވަރަކަށް ދަނޑުވެރިކަން ކުރަމުންދާ ކަމަށް ކިނޮޅަހު ކައުންސިލުން މައުލޫމާތު ދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: