ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލަށް ޝަކުވާ ހުށައަޅަނީ ކައުންސިލުގެ މެންޑޭޓުގެ ދަށުގައި ހުރި ކަންކަމުގެ އެއްނޫން: މުއިއްޒު

މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމުގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓި ކައުންސިލަށް ހުށައެޅޭ ޝަކުވާތަކާއި ގުޅޭ ތަންތަން ހުރީ ކައުންސިލްގެ މެންޑޭޓުގެ ދަށުގައި ނޫންކަމަށް މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިސްކިތެއްގެ ފެން ބިލު ނުދައްކައިގެން މިސްކިތުން ފެން ކަނޑާލުމުން މާލެ ސިޓީ ކައުންސިލަށް ގިނަ ފާޑު ކިޔުންތަކެއް އަމާޒުވިއެވެ. މިފަދަ ފާޑުކިޔުންތަކަށް ސިޓީ ކައުންސިލުން ދޭ ރައްދަކީ އެއީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަނެއް ނޫންކަމަށް ބުނުމެވެ. އެހެން ކަމުން ކައުންސިލްގެ މެންޑޭޓުގެ ދަށުގައި ހުރީ ކޮންކޮން ކަންތައްތަކެއްތޯ ރައްޔިތުން ސުވާލުއުފައްދައެވެ.

މިކަމާއި ގުޅިގެން ސަންގުޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ލާމަރުކަޒީ ގާނޫނު ތަންފީޒުކުރުމަށް ސަރުކާރުން ފުރުސަތުދޭނަމަ، މި ހުރިހާކަމަކީވެސް ކައުންސިލުގެ މެންޑޭޓުގެ ދަށުގައި ހުންނާނެ ކަންތައްތައްކަމަށެވެ. މިފަދަ މައްސަލަތަކާއި ގުޅިގެން ރައްޔިތުން ކުރަނީ ކުރަންޖެހޭ ޝަކުވާއެއްކަމަށާއި، މި ޝަކުވާތައް ކުރަންޖެހެނީ އަދި ސުވާލުއުފެދެނީ  ސަރުކާރުން ބައެއް ބާރުތައް ހިފަހައްޓާ ހުރުމުންކަމަށް މުއިއްޒު ވިދާޅުވިއެވެ.

މަގުމަތީ ފެން ބޮޑުވެގެން ސްޓޯމް ވޯޓާ ނިޒާމު، މާލެ ފިޔަވާ އެހެން ރަށެއްގައި ނަމަ ހަމަ ކައުންސިލަށް ފުރިހަމަ އިހުތިޔާރު އެބަ އޮވޭ ދީފަ ހަމަ ސަރުކާރުގެ ތެރެއިން. އެކަމު މާލެ ސިޓީގައި އެހެން ހުންނަ ބައެއް ކަންކަން ސަރުކާރު ސިޓީ ގައި ހިފެހެއްޓިފަ.

މުއިއްޒު ވިދާޅުވިއެވެ.

ބައެއް މިސްކިތްތައް ބެލެހެއްޓުން ހަވާލުކޮށްފައިވަނީ އިސްލާމިކް މިނިސްޓްރީއާއިކަމަށާއި، އަދި ހަމަ ބައެއް މިސްކިތްތައް ޕްލޭނިން މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ފާހަގަކުރެއްވީ ރަސްފަންނު ސަރަހައްދުގައި ހުންނަ ފެން މާގަނޑުތަކުގެ ވާހަކައެވެ. އަދި ވިދާޅުވީ އެއީ ޕްލޭނިން މިނިސްޓްރީ ބެލުމުގެ ދަށުގައި ހުރި ކަންކަންކަމަށާއި، ނަމަވެސް އެކަމުގެ ޝާކުވާވެސް ހުށައެޅަނީ މާލެ ސިޓީ ކައުންސިލަށްކަމަށެވެ. ދެވަނަ މީޓަރެއް ހަރުކޮށްދޭން އެދިފައިވާނެކަމަށާއި، ނަމަވެސް މީގެ ކުރިން ޕްލޭނިން މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ފެން މީޓަރަށް ބިލު ނުދައްކާ އޮތުމުގެ ސަބަބުން އެކަންވެސް ނުވިކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ ހައްލުނުވެ ހުރީ ކުދި ކުދި ކަންތައްތައްކަމަށާއި، ސަރުކާރުން އެއްބާރުލުން ދީފިނަމަ މިއީ ހައްލުވާނެ ކަންތައްތައްކަމަށެވެ.

މިކަހަލަ ކަންކަމުގައި ގަސްތުގައިކަމަށް ބެލެވެނީ އެއްކަލަ ރައްޔިތުންގެ ރުޅިވެރިކަން އެންމެ ފުރަތަމަ ފޭސްކުރަން ތިބީ އަޅުގަނޑުމެންތާ. ކޮންމެ ގޮތެއް ވިއަސް އަޅުގަނޑުމެން ޖަވާބުދާރީ ވާނެ.

މުއިއްޒު ވިދާޅުވިއެވެ.

މާލެ ސިޓީގެ ހުޅުމާލެއަށް އިޝާރާތްކުރައްވާ މުއިއްުޒު ވިދާޅުވީ ހުޅުމާލޭގައި ސިޓީ ކައުންސިލުގެ މެންޑޭޓުގެ ދަށުގައި ހުންނަންޖެހޭ ކަންކަންވެސް ހަވާލުކޮށްފައިވަނީ އެހެން ކުންފުންޏަކާއިކަމަށެވެ. ހުޅުމާލެއިން ސިޓީ ކައުންސިލްގެ މެންޑޭޓުގެ ދަށުގައި މި ސަރުކާރުން ހިމަނާފައި މިސްކިތްތައް ބެލެހެއްޓުންކަމަށް އެކަނި މުއިއްޒު ވިދާޅުވިއެވެ. ސިޓީ ކައުންސިލުގެ ބެލުމުގެ ދަށަށް މިސްކިތެއް އިތުރުވީ ނަމަވެސް އެއާއި ގުޅިގެން ބަޖެޓަށް އިތުރުވުމެއް ނާންނާތީ މުއިއްޒު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: