ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމް ވާދަނުކުރާނެ ކަމަށް ބުނަނީ ތާއީދު އިތުރުވެދާނެތީ: އަމީން

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާޙިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރާނެ ކަމަށް ވާދަވެރި ފަރާތްތަކުން ބުނަމުންދަނީ އެމަނިކުފާނަށާއި ޖުމްހޫރީ ޕާޓީއަށް އޮތް ތާއީދު އިތުރުވެދާނެތީ ކަމަށް އެޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން މޯލްވިޑްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އާއި އެކު ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު އަމީން ވިދާޅުވީ ބައެއް ނޫސްތަކުންނާއި ސިޔާސީ ބައެއް ފަރާތްތަކުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ގާސިމް ނުުކުމެދާނެ ތޯ ވިދާޅުވެ ސުވާލު އުފައްދަމުންދާ ކަމަށެވެ. އެސުވާލު އުފައްދާ ސަބަބަކީ ޖުމްހޫރީ ޕާޓީގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ރަސްމީކޮށް އަދި ފެށިފައިނުވާތީ ކަމަށާއި އަދިވެސް ކުރިއަށްދަނީ ކެމްޕޭނަށް ވަމުންދާ ތައްޔާރީތައް ކަމަށްވެސް އަމީން ވިދާޅުވިއެވެ.

ގާސިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެތޯ ވިދާޅުވެ ވާދަވެރިން ކުރާ ސުވާލުގެ ޖަވާބުގައި އަމީން ވިދާޅުވީ އެކަނިމައި އެކަނި ނަމަވެސް ގާސިމް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށެވެ. އަދި މިއަހަރުގެ ރިޔާސީ އިންތިހާބުގައި ގާސިމް ފެނުމާއި ދޭތެރޭ އެއްވެސް ބަޔަކު ޝައްކު ނުކުރުމަށް އަމީން ވިދާޅުވިއެވެ.

އަމީން އިތުރަށް ވިދާޅުވީ މިފަހަރުގެ ރިޔާސީ ރޭސް ރާއްޖޭގެ ގިނަ ރައްޔިތުންގެ އަގުލަބިއްޔަތާއި އެކުގައި ގާސިމް ކާމިޔާބު ކުރައްވާނެ ކަމަށެވެ.

އެމްޓީޑީ އާއި ޖުމްހޫރީ ޕާޓީއާއި އެކު ބޭއްވުނު ފުރަތަމަ ބައްދަލުވުމުގައި ކުރިއަށް ގޮސްފައިވަނީ ދެ ޕާޓީ ތައާރަފްވެލުމާއި ދެޕާޓީގެ ފަރާތުން ހުށަހަޅާ ހުށަހެޅުންތަކާއިބެހޭ ގޮތުން މަޝްވަރާ ކުރުން ކަމަށް އަމީން ވިދާޅުވިއެވެ.

އެމްޓީޑީގެ ފަރާތުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއާއި އެކު ކުރިއަށް ދިއުމަށް މަޝްވަރާ ކުރެވިފައިވާ ކަަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

އެމްޓީޑީގެ ފަރާތުން ބުނީ އެމްޓީޑީގެ ކައުންސިލުން ޖުމްހޫރީ ޕާޓީއާއި އެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގައި ޖުމްހޫރީ ޕާޓީގެ ވެރިކަމެއް ގާއިމްކުރެވިގެންދާއިރު، އެމްޓީޑީން ދެކެން ބޭނުންވަނީ ތަފާތުކުރުމެއްނެތި ހުރިހާ އެންމެނަށް  އިންސާފުވެރި ގޮތެއްގައި ވެރިކަން ކުރެވޭނެ ނިޒާމެއް ރާއްޖޭގައި ގާއިމްވެފައި އޮތުން ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

އެއްވެސް މީހަކަށް ތަފާތު ކުރުމެއްނެތި ހަމަހަމަކަމާއެކު ވެރިކަން ކުރުމަކީ އެމްޓީޑީން ޖުމްހޫރީ ޕާޓީއަށް ހުށަހެޅި ހުށަހެޅުންތަކުގެ ތެރޭގައި ހިމެނިގެންދާ ކަމެއް ކަމަށް އެމްޓީޑީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: