ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ބިން ހިއްކަނީ ގޯތި ދޫކުރާނެ ބިން ނެތިގެނެއް ނޫން: ސަރުކާރު

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ އިން ބިން ހިއްކަނީ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ގޯތި ދޫކުރަން ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ ކުރިން އިއުލާން ކޮށްފައިވާ ފްލެޓާއި ގޯތި ދިނުމުގެ ޕްރޮގްރާމަށް ބޭނުންވާ ވަރަށް ހުޅުމާލެ އާއި މާލެ ސަރަހައްދުގައި މިހާރުވެސް ބިން އެބަ ހުރި ކަމަށާއި ބިން ހިއްކަން މަޝްވަރާ ކުރަމުން ދަނީ އެ ޕްރޮގްރާމަށް ބޭނުންވާ ބިން ނެތިގެން ނޫން ކަމަށެވެ.

ހުޅުމާލެއިން އިތުރަށް ބިން ހިއްކުމަށް އަރބަންކޯ އާއި ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށް ބުނެ އަޑުތައް ވަނީ ފެތުރިފައެވެ.

އާބަންކޯއާއި ސަރުކާރުން މަޝްވަރާ ކުރަމުން ދާތީ އެކަމާ ގުޅޭ ތަފްސީލީ މައުލޫމާތު ހާމަކުރެވެން ނެތް ކަން ފާހަގަ ކުރައްވާ ތަކުރާރުކޮށް މިއުވާން ވިދާޅުވީ ހައުސިން މަޝްރޫއުތަކާއި ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމް އިއުލާން ކޮށްފައި ވަނީ އެކަމަށް ބޭނުންވާ ބިން ހުރިކަން ޔަގީން ކުރުމަށް ފަހު ކަމަށެވެ.

މިއުވާން ވިދާޅުވީ މާލެ ސަރަހައްދުގައި ވަރަށް ބޮޑަށް ތޮއްޖެހިފައި ވުމާއެކު ވަރަށް ބޮޑަށް ބޯހިޔާވަހިކަން ބޭނުންވެފައިވާ ކަމަށާއި މީގެ ކުރިން އެކުލަވާލާފައިވާ ޕްލޭންތަކަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށްވާނަމަ އެ ބަދަލުތައް ގެނެސްގެންވެސް ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަތައް ސަރުކާރުން ހައްލުކުރާނެ ކަމަށެވެ.

ހުޅުމާލެ އިތުރަށް ހިއްކުމުގެ މަޝްވަރާތައް ކުރި ނަމަވެސް، އެކަމުގައި ވަކި ގޮތެއް އަދި ނިންމާފައި ނުވާ ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ.

ހުޅުމާލެއިން ހިއްކަން ހުށަހަޅަނީ ހުޅުމާލޭ ދެ ފޭސް ގުޅުވާލާ ބްރިޖްތައް ހިމެނޭ ޓަނަލްގެ ހުޅަނގު އުތުރުކޮޅަށް ނިމޭ ހިސާބުން، އުތުރަށް އޮތް މުޅި ފަޅު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ގާތްގަނޑަކަށް 17 ހެކްޓަރުގެ އެ ސަރަހައްދު ހިއްކަން މަޝްވަރާ ކުރަމުންދާ ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފައެވެ.

އެސަރަހައްދު ހިއްކާއިރު ކުރިން ރިސޯޓެއްގެ ގޮތުގައި އޮތް އަދި މިހާރު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެެއްގެ ގޮތުގައި އޮތް ފަރުކޮޅުފުށި ވެސް އެކީއެކަށް ހިކިގެން ދާނެއެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް މިހާރު ވެސް އަންނަނީ ހިންގަމުންނެވެ.

މީގެ އިތުރުން ހުޅުމާލެ އާއި ގިރާވަރު ފަޅު ހިއްކައިގެން ގޯތި ދިނުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: