ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޞިއްޙީދާއިރާގެ މުސާރަތަކަށް ގެނައި ބަދަލަކީ، އެދާއިރާއިން ކިޔެވުމަށް ލިބޭ އިތުރު ހިތްވަރެއް: ނައިބު ރައީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ޞިއްޙީދާއިރާގެ މުސާރަތަކަށް ގެނައި ބަދަލަކީ، އެދާއިރާއިން ކިޔެވުމަށް ލިބޭ އިތުރު ހިތްވަރަކަށް ވެގެންދާނެ ކަމުގައި ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާކުދިންނާއި، ދިވެހި ޢާއިލާތަކާ މިއަދު ބައްދަލުކޮށްލައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިބައްދަލުކުރެއްވުން އޮތީ، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގައެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ޞިއްޙީ ދާއިރާގެ މުސާރައަށް ގެންނެވި ބަދަލުގެ އިތުރުން، އެ ދާއިރާގެ ތަރައްޤީއަށް ކުރައްވަންޖެހޭ އެހެނިހެން ކަންތައްތަވެސް ސަރުކާރުން މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ޓީޗަރުންނާއި ޑޮކްޓަރުންނަކީ، ޤައުމަށާއި މުޖުތަމަޢަށް މުހިންމު ޚިދުމަތެއް ކޮށްދޭ ބައެއްގެ ގޮތުގައި ސަރުކާރުންދެކޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން ރާއްޖޭގެ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ދިވެހިންގެ އަދަދު އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ނައިބު ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ޑޮކްޓަރުކަން ކިޔެވުމަށާއި، އަދި ޚާއްޞަ އެކި ދާއިރާތަކުން ސްޕެޝަލައިޒްވުމަށް ބަންގްލަދޭޝް ޚިޔާރުކުރާކަން ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ބަންގްލަދޭޝް ސަރުކާރާއި ދިވެހި ސަރުކާރުގެ މެދުގައި އޮތް އެކުވެރި ގާތްގުޅުން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ ދިވެހި ދަރިވަރުންނަށް ވިސާ ހޯދުމުގައި ދިމާވި ދަތިތަކަށްވެސް މިހާޜު ހައްލެއް ހޯދިފައިވާކަމުގައެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ދުނިޔޭގެ ކޮންމެ ޤައުމެއްގައި ދިވެހިން ދިރިއުޅުނު ނަމަވެސް އެފަރާތްތަކަށް ދޭންޖެހޭ ޚިދުމަތްތަކުގައި ސަރުކާރުން ތަފާތެއް ނުގެންގުޅޭނެ ކަމަށާ، ރާއްޖެއިން ބޭރުގައި ވަޒީފާ އަދާކުރާ ދިވެހިންނާއި، އަދި ކިޔަވާ ކުދިންގެ ކަންކަން އަބަދުވެސް ޚާރިޖިއްޔާއިން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ.

ނައިބު ރައީސް ބަންގްލަދޭޝްއަށް ވަޑައިގެންނެވީ، 6 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: