ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ އާއި ވަކި ނުކުރެވޭނެ، ޕާޓީ އަނބުރާ ހޯދާނާން: ރައީސް ނަޝީދު

އެމްޑީޕީން ބޭއްވި ބައްދަލުވުމެއްގައި ރައީސް ނަޝީދު ވަހަކަ ދައްކަވަނީ/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ފިކުރެއްގެ ދިރުމުގެ ހަރަކާތްތަކުގައި ބައިވެރިވާ މެމްބަރުން ޕާޓީން ވަކި ނުކުރެވޭނެ ކަމަށާއި ޕާޓީ އަނބުރާ ހޯދާނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ޕާޓީ އަލުން އަނބުރާ ހޯދާނެ ކަމަށް ވިދާޅުވެފައިވަނީ ކުރީގެ ޗެއަރޕާސަން މޫސާ މަނިކާއި ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ރަޝީދާއި ހެރިޓޭޖް މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި ހުންނެވި މުހައްމަދު ނާޒިމް (ބައުންޓީ ނާޒިމް) އެމްޑީޕީ އޮފީސް ދޮށަށް އެއްވެ ޕާޓީއަށް ގައްދާރުވާ މީހުން ޕާޓީން ވަކި ކުރުމަށް ގޮވާލުމާ ގުޅިގެންނެވެ.

ޕާޓީގެ އިސް ބޭފުޅުން ތިއްބެވި ގްރޫޕެއްގައި ރައީސް ނަޝީދު ވަނީ ނާޒިމް، ޕާޓީގައި އެމަނިކުފާނު ހުންނެވުމުން އުނދަގޫ ވަނީތޯ ވިދާޅުވެ ސުވާލުކުރައްވާފައެވެ. އެސުވާލުގެ ޖަވާބުގައި ނާޒިމް ބުނެފައިވަނީ އެތަނުގައި ގޮވާލީ ގައްދާރުވާ މީހުން ޕާޓީން ވަކިކުރުމަށް ކަމަށާޢި ރައީސް ނަޝީދުވެސް ޕާޓީއަށް ގައްދާރުވީތޯ ބުނެ ސުވާލުކޮށްފައެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ފިކުރު އެމަނިކުފާނު ދިރުވާނެ ކަމަށާއި ފިކުރެއްގެ ދިރުމަށް ތާއީދު ކުރާ މީހުން އެމްޑީޕީ އާ ދުރުވެސް ނުކުރެވޭނެ ކަމަށެވެ. އަދި އެމްޑީޕީ އަނބުރާ ހޯއްދަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ހިތް އެމްޑީޕީ އާއި ވަކި ނުވަނެ. އަދި އަޅުގަނޑުމެން އެމްޑީޕީ ފިކުރުގެ ދިރުން ނެރޭނެ. އެމްޑީޕީ އަނބުރާ ހޯދާނެ

ފިކުރެއްގެ ދިރުމުން ގެންދަނީ ޗާގޮސްގެ މައްސަލައިގައި އިދިކޮޅުގެ ފަރާތުން ކަނޑު ވިއްކުމާއި ދެކޮޅަށް އުފައްދާފައިވާ ކޯލިޝަން އާއި އެކު މި ސަރުކާރުގެ ވަޒީރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ކުރާ މަސައްކަތުގައި ބައިވެރިވަމުންނެވެ. އެގޮތުން ދާދި ފަހުން އިދިކޮޅުން ވަނީ ބަންޑާރަ ނައިބު އިބްރާޙިމް ރިފްއަތު އާއި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައި އެކަމާއި ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.

އެބައްދަލުވުމުގައި ފިކުރެއްގެ ދިރުމުގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެފައިވަނީ ބަންޑާރަނައިބުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަޙަޅަނީ ފިކުރެއްގެ ދިރުމުގެ ތާއީދާ ވެސް އެކުަގައި ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅުން ވަނީ އަނބުރާ ގެންގޮސްފައެވެ. ހާރިޖީ ވަޒީރު ވަކިކުރުމަށް ހުށަހެޅި މައްސަލައިގައި ފިކުރެއްގެ ދިރުމުގެ އެއްވެސް މެމްބަރެއް ސޮއި ކޮށްފައިނުވާ ކަމަށްވެސް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

ފިކުރެއްގެ ދިރުމުގެ މެމްބަރުން އެހެން ސިޔާސީ ޕާޓީތަކާއެކުގައި މަސައްކަތް ކުރާނަމަ ޕާޓީން ވަކި ކުރާނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
13%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 38%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: