ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު ގާނޫނާއި ހިލާފަށް އަމަލުކުރަން ދޫކޮށްލުމަކީ ނުރައްކާތެރިކަމެއް: ޝަރީފް

ރައީސް ސޯލިހާއި، ރައީސް ނަޝީދު އަދި ޝަރީފް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނު ހަދާ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އަމަލުތައް ބައްޓަންވެފައިވާ ގޮތުގެ ސަބަބުން ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ބާރު ކެނޑިގެންދިއުމުގެ ބިރު އޮތްކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބު ބޯމަތިވުމާއިއެކު، އެމްޑީޕީގެ ތެރޭގައިވަނީ ބޮޑެތި ބައިބައިވުންތައް އުފެދިފައެވެ. ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނާއި ރައީސް ސާލިހުގެ ފެކްޝަނުގެ ދެމެދު ބަހުގެ ހަމަލާތަކާއި ތުހުމަތުތައްވެސް ކުރެވެމުންދާއިރު، އެމްޑީޕީއިންވަނީ އެ ޕާޓީގެ މެމްބަރެއްކަމަށްވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެ ޕާޓީއިން ވަކިކޮށްފައެވެ.

ޕާޓީގެ ތެރޭގައި އުފެދިފައިވާ މައްސަލައަށް އަލިއަޅުއްވައި ޝަރީފް ވިދާޅުވީ، ރައްޔިތުންގެ މަޖިލީސް މިހާރު ބޭނުން ކުރެވެމުންދަނީ އިދިކޮޅު ފަރާތްތަކުން ސަރުކާރާއި ދެކޮޅަށް މަސައްކަތްކުރުމަށް ބޭނުންވާ އައްޑައެއްގެ ގޮތުގައިކަމަށެެވެ. އޭނާ ވިދާޅުވީ، އެކަން ކުރައްވާފައިވަނީ ރައީސް ނަޝީދުކަމަށެވެ.

ޝަރީފް ވިދާޅުވީ، ރައީސް ނަޝީދަކީ ގާނޫނާއި ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިއްތަވާ ބޭފުޅެއް ނޫންކަމަށެވެ.  އޭނާ ވިދާޅުވީ، ރައީސް ނަޝީދު މަޖިލީހުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރައްވަމުންދާކަމަށެވެ. އަދި އެކަމުގެ ސަބަބުން “ރޫލް އޮފް ލޯ” ފޮހެވިދާނެކަމަށާއި އެއީ ނުރައްކާތެރި އަމަލެއްކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ރައީސް ނަޝީދަކީ މަޖިލީހުގެ ރައީސް ކަމަށްވާއިރު، އެމަނިކުފާނު މަސައްކަތްކުރައްވަމުންދަނީ ގާނޫނާއި ގަވައިދުތަކަށް ބެއްލެވުމެއްނެތިކަމަށެވެ. އަދި ކުރައްވަމުންދަނީ އިދިކޮޅާއި ގުޅިގެން ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުންގެ ހައްގަށް އަރާ ވަޑައިގަތުމުގެ މަސައްކަތްތައް ކަމަށެވެ. އޭނާ ވިދާޅުވީ، އެގޮތުގެ މަތިން ރައީސް ނަޝީދު ކުރައްވާ ކަމަކީ، ރައްޔިތުންގެ ހައްގުގައި ހުށައެޅިގެންދާ ބިލުތައް ފަސްކުރެއްވުންކަމަށެވެ. އަދި ކޮންމެ ދުވަހެއްގައިވެސް ސަރުކާރަށް ފާޑުވިދާޅުވުމުގެ ގޮތުން ގަރާރުތަކަށް ބަހުސް ކުރިއަށް ގެންދަވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދުގެ އަމަލުތަކާއިމެދު ނުރުހުންވެވަޑައިގަންނަވާކަން ހިއްސާ ކުރައްވާ ޝަރީފް ވިދާޅުވީ، އެމަނިކުފާނަކީ އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅެއްކަމަށްވުމުން، ރައީސް ނަޝީދުކަމަށް ވީ ނަމަވެސް ގާނޫނާއި ހިލާފަށް އަމަލުކުރެއްވުމަށް ދޫކޮށްލެއްވުމަކީ ދެވޭ ނުރައްކާތެރި މެސެޖެއްކަމަށެވެ. އަދި އެއްވެސް ފަރާތަކަށް ގާނޫނަށްވުރެ މަތިން އޮޕަރޭޓުކުރުމަށް ފުރުސަތު އޮތުމަކީ ގާނޫނުގެ ހުރުމަތް ކެނޑިގެންދާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: