ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރިޖިންގ ޓޫރިޒަމް ޑެސްޓިނޭޝަންސް ކޮންފަރެންސްގައި ހުޅުމާލޭގެ އަރބަން އައިލްގެ ފުރުސަތުތައް ދައްކާލައިފި

ބްރިޖިންގ ޓޫރިޒަމް ޑެސްޓިނޭޝަންސް ކޮންފަރެންސްގައި ހުޅުމާލޭގެ އަރބަން އައިލްގެ ފުރުސަތުތައް ދައްކާލުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ބްރިޖިންގ ޓޫރިޒަމް ޑެސްޓިނޭޝަންސް ކޮންފަރެންސްގައި ހުޅުމާލޭގެ އަރބަން އައިލްގެ ފުރުސަތުތައް ދައްކާލައިފިއެވެ.

މިކަމާއި ގުޅޭ ގޮތުން މައުލޫމާތުދެއްވަމުން އަރބަންކޯއިން ބުނީ ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް ކަމާ ބެހޭ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ޓޫރިޒަމް މިނިސްޓްރީ އާއި، ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތްކުރާ ވަފުދެއް ވަނީ ބްރިޖިންގ ޓޫރިޒަމް ޑެސްޓިނޭޝަންސްގެ ނަމުގައި ބާއްވާ އިންޓަނޭޝަނަލް ކޮންފަރެންސްގައި މި އަހަރު ބައިވެރިވެފައިވާކަމަށެވެ. އެގޮތުން މި މަހުގެ 11 އަދި 12 ވަނަ ދުވަހު ބޭއްވި މި ކޮންފަރެންސް ކުރިއަށްގެންގޮސްފައި ވަނީ މޮންޓެގްރޯގެ ބުޑްވާގައިކަމަށް އަރބަންކޯއިން ބުނިއެވެ. މި ކޮންފަރެންސަކީ މޮންޓެގްރޯގެ މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް އެން ޓުރިޒަމްއާއި، ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީ އާއި ގުޅިގެން ކުރިއަށް ގެންދާ ކޮންފަރެންސްއެއްކަމަށް އަރބަންކޯއިން ވަނީ ބުނެފައެވެ.

މި ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ވަފުދުގަ، އަރބަންކޯގެ ފަރާތުން މި ކުންފުނީގެ ޗީފް ހޮސްޕިޓާލިޓީ އޮފިސަރ އިބްރާހިމް އިނާޒް ވަނީ ބައިވެރިވެވަޑައިގެންފައިވާކަމަށް އަރބަންކޯއިން މައުލޫމާތުދެއެވެ. އަދި އަރބަންކޯއިން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ އަރބަން އައިލްގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރުވެގެންދާ ފުރުސަތުތަކާއި، ލިބިގެންދާނެ ފައިދާތަކާ ގުޅޭގޮތުން މި ކޮންފަރެންސްގައި މައުލޫމާތު ހިއްސާކުރެއްވިކަމަށް ކުންފުނިން ބުންޏެވެ.

އިންޓަރގްރޭޓެޑް އާބަން ޓޫރިޒަމް ޕްރޮޖެކްޓް އާބަން އައިލް، އަކީ ހުޅުމާލޭގެ އެއްމެ އުތުރުން އޮންނަ ފަތުރުވެރިކަމަށް ހާއްސަ ކުރެވިފައިވާ ރަށެކެވެ. ހުޅުމާލެއާއި އަދި ރާއްޖޭގެ އިގުތިސާދީ މައި ހަބާ އާބަން އައިލް ގުޅިފައި ވުމުން މި ތަނުގެ ފަތުރުވެރި ކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެއެވެ.

ގާތްގަނޑަކަށް 23 ހެކްޓަރުގެ މި ރަށުގައި ފަތުރުވެރިންނަށް ހާއްސަ ތަފާތު ގިނަ އެކޮމޮޑޭޝަން ފެސިލިޓީތަށް ހިމެނޭނެކަމަށް މައުލޫމާތުދީ، އަރބަންކޯއިން ބުނެފައިވަނީ މިގޮތުން ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންގެ އިތުރުން، ކުރުމުއްދަތަކަށް ނުވަތަ ޓްރާންސިޓްކޮން މަޑުކުރާ ފަތުރުވެރިންނަށާއި، ވިޔަފާރި ކަންކަމު އަންނަ ފަތުރުވެރިން، އަދި، ޑިޖިޓަލް ނޮމެޑްސް ފަދަ ދިގު މުއްދަތަކަށް މަޑުކުރަން ބޭނުންވާ ފަރާތްތަކަށްވެސް ބޭނުންވާ ފަދަ އެކޮމޮޑެޝަންތައް ހިމެނޭކަމަށެވެ.މީގެ ތެރޭގައި ލަގްޒަރީ ވިލާ، ސާވިސް އެޕާޓްމަންޓް، ސިޓީ ހޮޓެލް، މިޑްސްކޭލް އަދި އަޕްސްކޭލް ހޮޓެލް އާއި ގެސްޓް ހައުސްތަކުގެ އިތުރުން ބްރޭންޑަޑް ރީޓެއިލް އަދި މަތީ ފަންތިއެއްގެ ރެސްޓޯރަންޓްތައް ވެސް ހުންނާނެކަމަށް ބުނިއެވެ.

މިފަދަ ގިނަ ޑިވެލޮޕްމަންޓުތަކެއް ހިމެނިފައި ވުމުން، އާބަން އައިލް ވެގެންދާނީ ދިވެހި އަދި ބޭރުގެ ވިޔަފާރިވެރިންނަށްވެސް އިންވެސްޓު ކުރަން ރަނުގެ ފުރުސަތަކަށްކަމަށް އަރބަންކޯއިން ގަބޫލުކުރެއެވެ. ވެލާނާ އިންޓަރނޭޝަލަން އެއާޕޯޓު، ހުޅުމާލެ، އަދި މާލެއާއި އާބަން އައިލް ގުޅިފައި ވުމުގެ އިތުރުން، މިތަނުގައި ގާއިމުކޮށްފައިވާ އަދި ކުރަމުންދާ އިންފްރާސްޓްރަކްޗަރ ގެ ސަބަބުން މިތަނުގައި އިންވެސްޓް ކުރާ ފަރާތްތަކަށް ގިނަގުނަ މަންފާ ލިބިގެންދާނެކަން ކުންފުނިން ފާހަގަކުރިއެވެ. އާބަން އައިލްގައި ހިމެނޭ ޔޫޓިލިޓީ ނެޓްވޯކް، އޯޕަން އެކްސެސް ނެޓުވޯކަކާއެކުވާ ސްމާޓް އިންފްރާސްޓްރަކްޗަރއެއް، މި ކުންފުނިން މިވަގުތު ގާއިމު ކުރަމުންދާއިރު، ވަރަށް ބޮޑަށް ތިމާވެއްޓާ ރައްޓެހި ގޮތަކަށް މުޅި ޕްރޮޖެކްޓު ތަރައްގީ ކުރުމަށް ކުންފުނިން އިސްކަންދެއެވެ. އަދި އިންވެސްޓަރުންނަށް ލީސް މޮޑެލް، އަދި ޖޮއިންޓް-ވެންޗަރ މޮޑެލްގެ އިތުރުން އެހެނިހެން މޮޑެލް ތަކަށްވެސް ޕްރޮޕޯސަލް ހުށަހެޅޭނެހެން ވަރަށް ލުއި ގޮތްތަކެއް މި ކުންފުނިން ވަނީ ރާވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: