ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ވައްކަމުގެ ނެޓްވޯކަކަށް ރައީސް ސާލިޙް ބަދަލުކޮށްލައިފި: އިންތި

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވައްކަމުގެ ނެޓްވޯކަކަށް ޕާޓީ ބަދަލުކުރުމުގެ ޒިންމާ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ނަންގަވަންޖެހޭ  ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިމްތިޔާޒް ވިދާޅުވީ ޕާޓީ ހަލާކުކޮށް އިތުބާރު ގެއްލުވާލުވުމުގެ ފިޔަވަޅު ހައްގުވަނީ ރައީސް ސާލިހަށް ކަމަށެވެ.

 

ރައްޔިތުންގެ މަޖިލީހުގައި ވޯޓް ދިނުމަށް އެމްޑީޕީން އެޅި ވިޕްލައިންތަކާއި ތަކުރާރުކޮށް ހިލާފްވި މެމްބަރުން، ޕާޓީން ވަކިކުރާނެ ކަމުގެ ފަހު އިންޒާރު ފިޔަވަޅު އަޅާ ކޮމިޓީން ދިނުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައި އިމްތިޔާޒް ވިދާޅުވީ މިއީ އެމްޑީޕީއަށް ކޮރަޕްޝަންގެ ވާހަކަ ދެއްކުން ބަންދުވި 5 އަހަރު ކަމަށެވެ.

ކޮރަޕްޝަން ބެލުން ސުމެއް، ކޮރަޕްޝަން ހިންގުން މެކުހަށް!

އިމްތިޔާޒްގެ އިތުރުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބަށް ވަނީ ޕާޓީން ވަކިކުރާނެ ކަމުގެ އިންޒާރު ފިޔަވަޅު އަޅާ ކޮމިޓީން ދީފައެވެ.

މީގެ އިތުރުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ އިއްޔެގެ ވަގުތެއްގައި އެމްޑީޕީން ވަކިކޮށްފައެވެ. އާޒިމް ވަކިކުރިކަން އެމްޑީޕީން ރަސްމީކޮށް އެ ޕާޓީގެ ވެބްސައިޓްގައި ވަނީ ފިޔަވަޅު އަޅާ ކޮމިޓީގެ ރިޕޯޓް އާއްމުކޮށްފައެވެ.

ރިޕޯޓްގައިވާ ގޮތުން މައްސަލަ ލިބިފައި ވަނީ ޕާޓީގެ އަސާސީ ގަވައިދާއި ހިލާފަށް އާޒިމް ހަރަކާތްތެރިވާކަމާއި، އެކަންކަމަކީ ފިޔަވަޅު އަޅަން ޖެހޭ ސަބަބުތަކެއްކަން ފާހަގަކޮށް ފިޔަވަޅު އަޅައިދޭން އެދި ޕާލިމަންޓް ގުރޫޕުގެ ފަރާތުންނެވެ.

ޕީޖީން ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވާ ފުރަތަމަ ނުކުތާއަކީ އާޒިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކޮށްފައި ވުމެވެ. ދެވަނަ ނުކުތާއެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ، ސިޔާސީ ގޮތުން އިދިކޮޅު ޕާޓީތަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑުކިއުންތައް އަމާޒުކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާޒިމް ދެ ފަހަރެއްގެ މަތީން ބައިވެރިވެފައި ވުމެވެ.

އެއީ ޗާގޮސްގެ މައްސަލައިގައި މަޖިލީހުގެ އިދަރާގައި ބޭއްވި ޕްރެސް އާއި، ހޮޓެލް ޖެންގައި ދާދި ފަހުން ބޭސްވި ނޫސްވެރިންގެ ބައްދަލުވުމެވެ.

ކޮމިޓީގެ ރިޕޯޓުގައި ވަނީ ބަންޑާރަ ނައިބަކީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން، ތަންފިޒު ކުރުމަށް ބޭނުންވާ ކަންކަމުގެ ބިލުތައް ޑްރާފްޓު ކުރާ އިސްވެރިޔާ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް މަސައްކަތް ކުރައްވާ ބޭފުޅެއްގެ އިތުބާރު ނެތްކަމަށް ޕާޓީން ސޮއި ކުރުމަކީ ޕާޓީގެ އަސާސީ ގަވައިދާއި މުޅިން ހިލާފުކަމެއްގެ ގޮތުގައި މެމްބަރުން ވަނީ އިއްތިފާގުވެފަ އެވެ.

މައްސަލަ އެންމެ ބޮޑަށް ބިނާވެގެން ދިޔަ، ދެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އާޒިމް ޕާޓީގެ ސިޔާސަތުތަކަށް ނުރުހުންފާޅުކޮށް ވާހަކަ ދެއްކެވިކަމާއި، ރައީސުލްޖުމްހޫރިއްޔާއާއި މެދު ނަފްރަތު އުފެދޭ ގޮތަށް ވާހަކަ ދެއްކެވިކަމަށް ރިޕޯޓުގައި ވެއެވެ. ހާއްސަކޮށް އިދިކޮޅުން އިންތިޒާމު ކުރާ މިފަދަ ޕްރެސްއެއްގައި ބައިވެރިވުން އެއީ ޕާޓީގެ އަސާސީ ގަވައިދާއި ހިލާފުވުންކަމަށް ފިޔަވަޅު އަޅާ ކޮމިޓީގެ މެމްބަރުން އިއްތިފާގުވާކަން ފާހަގަކޮށް ބުނެފައި ވަނީ މިފަދަ ދަނޑިވަޅެއްގައި ސަރުކާރާއި ދެކޮޅު ހަރަކާތެއްގައި ބައިވެރިވުން އެއީ ޕާޓީގެ މަސްލަހަތަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އަދި މިއީ ޕާޓީން ވަކި ކުރުމަށް އެކަށީގެންވާ ސަބަބެއްކަމަށް ވެސް ބުނެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: