ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހް ޕާޓީ ބައިބައިކޮށް ޕާޓީގެ އިތުބާރު ގެއްލުވާލައިފި: ހަސަން ލަތީފް

ހަސަން ލަތީފް ރައީސް އިބްރާހިމް މުހައްމަދު ސާލިޙްއާއި ސަލާން ކުރައްވަނީ، އަރިހުގައި އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް  އިބްރާޙިމް މުހައްމަދު ސާލިހް އެމްޑީޕީ ބައިބައިކޮށް އިތުބާރު ގެއްލުވާލާފައިވާ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދުގައިވަނީ ޕާޓީގެ އެންމެ އިސް ފަރާތުގެ ވާޖިބަކީ ޕާޓީގެ އެއްބައިވަންތަކަށް ގާއިމްކޮށް ޕާޓީގެ މަގްސަދުތައް ހާސިލްކުރުން ކަމަށެވެ.

ޕާޓީގެ އެއްބައިވަންތަކަން ގާއިމްކޮށް މަގްސަދުތައް ހާސިލްނުކޮށް އެއާ ހިލާފް ވަމުންދާ ކަމަށާއި އެހެންކަމުން ޕާޓީން ވަކި ކުރަންޏާ ވަކި ކުރަންވީ ރައީސް ސާލިހް ކަަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

 

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީން ވަކިކުރި  ހަބަރު ޓްވީޓްގައި ހިއްސާކުރައްވައި ހަސަންލަތީފް ވަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ހަސަން ލަތީފްގެ އިތުރުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީވެސް ވަނީ އާޒިމް ވަކިކުރި މައްސަލައިގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އިމްތިޔާޒް ވިދާޅުވީ ޕާޓީ ހަލާކުކޮށް އިތުބާރު ގެއްލުވާލުވުމުގެ ފިޔަވަޅު ހައްގުވަނީ ރައީސް ސާލިހަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ވޯޓް ދިނުމަށް އެމްޑީޕީން އެޅި ވިޕްލައިންތަކާއި ތަކުރާރުކޮށް ހިލާފްވި މެމްބަރުން، ޕާޓީން ވަކިކުރާނެ ކަމުގެ ފަހު އިންޒާރު ފިޔަވަޅު އަޅާ ކޮމިޓީން ދިނުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައި އިމްތިޔާޒް ވިދާޅުވީ މިއީ އެމްޑީޕީއަށް ކޮރަޕްޝަންގެ ވާހަކަ ދެއްކުން ބަންދުވި 5 އަހަރު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: