ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރުހުން ނުލިބޭ ވަޒީރުން މަގާމުގައި ތިބުން ނުރައްކާތެރި: ހަސަން

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް--
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭ ވަޒީރުންތަކެއް މަގާމުގައި ތިއްބެވުމަކީ ނުރައްކާތެރި ކަމެއްކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ވަޒީރުންނަށް ރުހުން ނުދިން މައްސަލައިގައި ސަރުކާރުން ބުނަމުން ދަނީ އެއީ ޒާތީކަމެއް ކަމަށެވެ. އަދި އަލުން އެބޭފުޅުން މަގާމުން އައްޔަނު ކުރި އެވެ.

މި މައްސަލައިގަައި ހަސަން ވިދާޅުވީ، ވަޒީރުންނަށް ރުހުން ހޯދަންޖެހޭނެކަން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަމަށާއި އެހެންކަމުން ރުހުން ނުލިބޭ މީހުން ވަޒީރުންގެ މަޖިލީހުގައި ނުތިބެވޭނެ ކަމަށެވެ.

ހަސަން ވިދާޅުވީ، ގާނޫނުއަސާސީ އޮތް ގޮތުން އެކަން ކުރެވެން ނެތްކަމަށާއި އެެހެންކަމުން މަޖިލިހުގެ ރުހުން ހޯދަންޖެހޭނެކަމާއިމެދު އުފެދިފައިވާ ސުވާލުގެ ޖަވާބު ސާފުކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ރުހުން ނެތި މަގާމުގައި ތިބެވޭނެކަމާއިމެދު ކުރެވޭ ސުވާލުގެ ޖަވާބުވެސް ސާފުކަމަށާއި އެއީވެސް ގާނޫނުއަސާސީގައި ޖާގަ ލިބިގެންވާ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ. އަދި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ރުހުން ލިބުން ޝަރުތެއްގެ ގޮތުގައި ބަޔާންކޮށްފައިވާކަަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސަރުކާރަކުން ކުރާ މަސައްކަތްތަކަށް ފާރަވެރިވާ މެމްބަރުންތަކެއް މަޖިލީހުގައި ތިބުން މުހިންމުކަން މިއަދު ވަރަށް ބޮޑަށް ފެނިގެންދާކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް ދިނުމުން ސަރުކާރު ޖަވާބުދާރީ ނުކުރެވޭކަންވެސް ފެނިގޮސްފައިވާކަމަށެވެ. ހަސަން ވިދާޅުވީ، ސަރުކާރަށް ފާރަވެރިވުމަކީވެސް ނުރަނގަޅުކަމެއްގެ ގޮތުގައި ސަރުކާރަށް ތާއީދުކުރައްވާ ބައެއް މަޖިލިސް މެމްބަރުން ސިފަކުރައްވާފައިވާކަމަށާއި އެހެންނަމަވެސް އެއީ ގާނޫނުއަސާސީ ދުށް ގޮތެއް ނޫންކަމަށް ހިިއްސާކުރެއްވިއިރު، އޭނާވަނީ ސަރުކާރަށް ފާރަވެރިވުމަށް ކަނޑައެޅިގެން ރައްޔިތުންގެ މަޖިލީހަށް ބާރުތަކެއް ލިބިދީފައިވާކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ހަސަން ވިދާޅުވީ، ރުހުން ނުލިބޭ ވަޒީރުންތަކެއް މަގާމުތަކުގައި ތިއްބެވުމުން ނުރައްކާތެރި ނަތީޖާ އެއް ނުކުމެގެން އަންނަކަމަށެވެ. އޭނާ ވިދާޅުވީ، ބަންޑާރަ ނައިބުގެ މަސައްކަތްތައް ކުރައްވާއިރު، ރުހުން ނުލިބި ހުރި މީހެއްގެ ކިބައިގައި ގާނޫނުއަސާސީ ލާޒިމުކުރާ ހައިސިއްޔަތު ނުހުންނާނެކަމަށާއި އެހެންކަމުން ކޯޓުގައި ދައުލަތް ތަމްސީލުކުރުން ފަދަ މަސައްކަތްތައް ކުރައްވާއިރު ދައްކަވާ ވާހަކަތަކާއިމެދު ސުވާލު އުފެއްދޭނެކަމަށް ވިދާޅުވިއެވެ. އަދި އެ ހާލަތުގައި އޭނާގެ މަގާމުގެ ސައްހަކަމާއިމެދުވެސް އަބަދުވެސް ސުވާލު އުފެދޭނެކަމަށް ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ، ރުހުން ނެތި ހުންނަ ވަޒީރުވެސް ކުރައްވާ ކަންކަން ސައްހަކަމަށް ބެލެވޭނެކަމަށް ބަޔާންކޮށްފައިވާ ނިންމުމެއް ސުޕްރީމް ކޯޓުން ނިންމާފައިވާކަންވެސް އެނގިވަޑައިގަންނަވާކަމަށާއި އެހެންނަމަވެސް އެފަދަ ހާލަތެއްގައި ހުންނެވި ވަޒީރަކަށް ރައްޔިތުންނަށް ކިތަންމެ ބޮޑު ގެއްލުމެއް ދިނުމަށްފަހުވެސް ވަޒީރެއް ނޫންކަމަށް ބުނުމަށްފަހު އެކަމުން ބަރީއަވުމުގެ ފުރުސަތު އޮންނަކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: